ހުޅުދޫ ކައުންސިލާއި އާއި މީދޫ ކައުންސިލްގެ އިހުތިސޯސުގެ އިން ރަސްމީކޮށް ކަނޑައަޅަނީ ހުޅުދޫ ކައުންސިލާއި އާއި މީދޫ ކައުންސިލްގެ އިހުތިސޯސުގެ އިން ރަސްމީކޮށް ކަނޑައަޅަނީ

ހުޅުދޫ ކައުންސިލާއި މީދޫ ކައުންސިލުގެ އިހުތިސޯސް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނެ ގޮތް ރަސްމީކޮށް މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އައްޑޫއަށް ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ މެދު ބަނދަރަށް ދާ މަގުގެ ހުޅަނގު އުތުރު ފަޅިން ފެށިގެން ގޮސް ސ. އަތޮޅު މަދުރަސާގެ ދެކުނަށް އޮތް އާބާދު މަގު އިރަށް ދަމާލުމުން އެ މަގު ގޮސް ނިމޭ ހިސާބުގެ އުތުރު ފަޅިއަކީ މީދޫ ކަމަށް އަދި ދެކުނު ފަޅިއަކީ މީދޫ ކަމަށެވެ.
"އެހެންވީމަ މިއަދާ ހަމައަށް އައިއިރުގައި ކުރީ ޒަމާނުއްސުރެ ހުޅުދޫ އަދި މީދޫ ހިނގަމުން އައި ގޮތް އެއީ އަޅުގަނޑުމެން ވެސް ކުރިއަށް ގެންދާނެ ގޮތަކީ. މިގޮތުން ހަމަ ބަލާލާއިރުގައި ސ. އަތޮޅު މަދުރަސާގެ ދެކުނުން އޮތް އާބާދު މަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ ހުޅުދޫ ރައްޔިތުން. އެ މަގުގެ އުތުރު ފަޅީގައި ދިރިއުޅެނީ މީދު ރައްޔިތުން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ހުޅުދޫ-މީދޫގައި ރަށު އޮފީސް ހިންގިއިރު ދެ ރަށުގައި އޭރު ތިއްބެވި ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުދޫ އޮފީހުގެ އިދާރީ ހިންގުން މިން ކުރެވިފައި އޮތީ އާބާދު މަގުގެ ދެކުނު ފަޅިއާ ހަމައަށް އަދި މީދޫ އޮފީހުގެ އިން މިން ކުރެވިފައި އޮތީ އާބާދު މަގުގެ އުތުރު ފަޅިއަށް ކަމަށެވެ.
މީގެއިތުރުން ރަށު އޮފީސް އުވި ސިޓީ ކައުންސިލް އުފެދުނު ފަހުން ވެސް އެކަން އޮތީ އެގޮތަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ ރަސްމީކޮށް ދެ ރަށުގެ އިހުތިސޯސް ކަނޑައަޅަން ޖެހޭކަން ގަބޫލު ކުރައްވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ހުޅުދޫ އާއި މީދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ދެ ރަށުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށާއި ދެ ރަށުގައި ވަކި ކައުންސިލެއް އުފައްދަން ރައްޔިތުން ނިންމި ނިންމުމަކީ ތަރައްގީއަށް ވަރަށް ބޮޑަށް މަގުފަހިވެގެންދިޔަ ކަމެއް ކަމަށެވެ.
ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލެއް ހެދުމަށް މިދިޔަ މަހުގެ 25، ގައި ނެގި އާންމުންގެ ހިޔާލު ހޯދުމަށް ނެގި ވޯޓުގައި ބޮޑު މެޖޯރިޓީއަކުން ވަނީ އެކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ފޭދޫގައި ނެގި ވޯޓުގައި ބޮޑު މެޖޯރިޓީއަކުން ވަކި ކައުންސިލެއް ހަދަން އެއްބަސްނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ