ނެއްލައިދޫ ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

އަމިއްލަ ތަކެތީގައި، ހދ.ނެއްލައިދޫ ކައުންސިލްގެ އިދާރާގައި އިރުގެ ހަކަތައިން (ސޯލާ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލް އިދާރާއިން އިއުލާނުކޮށްފިއެވެ.
މިގޮތުން މި މަސައްކަތަަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމުން ނެއްލައިދޫ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 21 ސެޕްޓެމްބަރ 2025 ން 08 ސެޕްޓެމްބަރ 2025 ގެ 13:00 ގެ ނިޔަލަށް https://forms.office.com/r/215CwGKRf2 މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރުމަށެވެ.
މީގެ އިތުރުން މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 08 ސެޕްޓެމްބަރ 2025 ގެ ކުރިން 6520041 އަށް ގުޅުމަށް ނުވަތަ ކައުންސިލް އިދާރާގެ އީމެއިލް، [email protected] މެދުވެރިކޮށް އީމެއިލް ކުރުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މި މަސައްކަތައް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 15 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 10:00 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ