ފުލުހުން ޓޯކޮށްގެން އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެހިކަލްތަކަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ޓޯކޮށް އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ހުރި އުޅަނދުތަކަކަށް އިއްޔެ ގެއްލުންދިން މައްސަލައެއް ބަލަމުންދާ ކަމަށެވެ.
ނަމަވެސް ގެއްލުން ދިނީ ކިތައް ވެހިކަލަކަށް ކަމެއް އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިނީ ޓާފް ދަނޑު ހިމެނޭ ގޮތަށް މާފަންނު ވެލި ދަނޑުގެ އިތުރުން އެކި ތަންތަނުގައި ފުލުހުން ޓޯކުރާ ވެހިކަލްތައް ބަހައްޓަ އެވެ.
އާންމުކޮށް ޓޯކުރާ ވެހިކަލްތައް ހުންނަ ތަންތަނުގައި ފުލުހުން ސެކިއުރިޓީ ބަލަމުންދެ އެވެ. އެކަމަކު ވެހިކަލްތަކަށް ގެއްލުންދިންއިރު އެތަނުގައި ސެކިއުރިޓީން ތިބި ކަމެއް ސާފެއް ނުވެ އެވެ.
ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ފުލުހުން ދަނީ ކޮންމެ ދުވަހަކުހެން ޓޯކުރަމުންނެވެ. ހާއްސަކޮށް ފުލުހުން ޓޯކުރަނީ މަގުމަތީގައި އުޅެން އުނދަގުވާ ގޮތަށް ޕާކް ކޮށްފައި ހުންނަ އަޅަނދެވެ.
ފުލުހުން ޓޯ ކުރި ވެހިކަލްތަކަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ ފުލުހުން ޓޯ ކުރި ވެހިކަލްތަކަކަށް ގެއްލުންދިން މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ