ދިރާގުން ކުރިއަށްގެންދާ "ލިމިޓެއް ނެތް ފައިބާ ޕްރޮމޯޝަން" ގެ ދަށުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.
ދިރާގުން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން އަލަށް ދިރާގު ފައިބާ ބްރޯޑްބްރޭންޑްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނާއި މިހާރުވެސް އެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް އިނާމު ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.
ޕްރޮމޯޝަންގެ ދަށުން ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ހިދުމަތުގެ ދަށުން 30 އެމްބީޕީއެސް އަދި އެއަށްވުރެ މަތިން ޕެކޭޖް ނަގައިގެން ހިލޭ އިންޑޯ ސްމާޓް ކެމެރާއެއް ލިބޭއިރު، 50 އެމްބީޕީއެސްއަށްވުރެ މަތިން ފައިބާ ބްރޯޑްބޭންޑް ނަގައިގެން ހިލޭ އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑަލްއެއް ލިބެ އެވެ.
މީގެއިތުރުން ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރުވެސް ބޭނުންކުރާ ދިރާގު ކަސްޓަމަރުން 30 އެމްބީޕީއެސް އަދި އަށްވުރެ މަތިން އަޕްގްރޭޑްކޮށްފިނަމަ ހިލޭ އިންޑޯ އަދި އައުޓްޑޯ ސްމާޓް ކެމެރާ ބަންޑަލްއެއް ލިބެ އެވެ.
ދިރާގުން ބުނީ ޕްރޮމޯޝަންގެ ދަށުން 30 އެމްބީޕީއެސް އަދި އެއަށްވުރެ މަތިން ލިމިޓެއް ނެތް ފައިބާ އަޕްގްރޭޑްކުރާ ކަސްޓަމަރުންގެ ތެރެއިން މި މަސް ނިމެންދެން ކޮންމެ ހަފްތާއަކު 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބޭނެ ކަމަށެވެ.
ދިރާގު ލިމިޓެއް ނެތް ފައިބާ ޕްރޮމޯޝަނުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ދިރާގު ލިމިޓެއް ނެތް ފައިބާ ޕްރޮމޯޝަނުން އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ