ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އިންޓީރިއާ ޑިޒައިން ސޮލިއުޝަންތަކާއި އުފެއްދުންތަކަށް މަޝްހޫރު 'ގަވިން' އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ތަފްސީލް - މި ޕްރޮމޯޝަނުގެ ދަށުން ނަސީބުވެރި 5 މީހަކަށް ހިލޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ގަވިން އިން ވިޔަފާރިކުރާ ހުރިހާ އެންމެންނަށް ވަނީ ހުޅުވާލާފަ އެވެ. އެގޮތުން، 1,000ރ. އިން މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
ޕްރޮމޯޝަނުން ހޮވޭ 5 ނަސީބުވެރިންނަށް ލިބޭ އިނާމަކީ ހއ. ހޯރަފުށީގައި ހުންނަ އަރާއިިން ބީޗު ވިލެޖުގައި 5 ރޭ ހުރުމެވެ. މީގެ އިތުރުން، ނަސީބުވެރިންނަށް ހޯރަފުއްޓަށް ދިއުމަށް ބޭނުންވާ ދެކޮޅު ޓިކެޓު ވެސް ގަވިން އިން ދޭނެ އެވެ.
ގަވިން އިން ބުނި ގޮތުގައި، މި ޕްރޮމޯޝަން ކުރިއަށްދާނީ ކުރިއަށް އޮތް ކުޑަ އީދާ ހަމައަށެވެ.
އެނގުން މުހިންމު - ގަވިން އަކީ ފެންވަރު ރަނގަޅު އިންޓީރިއާ އުފެއްދުންތަކާއި ވަޑާންކުރަން ބޭނުންވާ ސާމާނާއި އެކި ކަހަލަ އެޕްލަޔަންސަސް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ އިންޓީރިއާ ޑިޒައިންގެ ހިދުމަތްތަކުގެ އިތުރުން ވަޑިންނަށް ބޭނުންވާ އެކި ބާވަތުގެ އާލާތްތައް ވެސް ފޯރުކޮށްދެމުންނެވެ.
ގަވިންގެ ފިހާރަތައް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ރޭގަނޑު 10އަށް ހުޅުވާފައި ހުންނާނެ އެވެ. އެގޮތުން:
ގަވިން ބާޒާރު، މާލޭ ބޮޑުތަކުރުފާނު މަގު - 9428899
ގަވިން ހުޅުމާލެ، ހުޅުމާލޭ ފޭސް 1، ރީތިގަސް މަގު - 9558899
ގަވިން ޑެކޯ، މާލޭ މަޖީދީ މަގު - 9588833
ގަވިން ޕްރޮޖެކްޓްސް - 9348899
ގަވިންގެ ރޯދަ ޕްރޮމޯޝަން: 5 މީހަކަށް ހިލޭ ޗުއްޓީ ދަތުރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ