ކުރިއަށް އޮތް 3 ދުވަސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހެމުންދެއެވެ.
އެގޮތުން ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ކުރިއަށް އޮތް 3 ދުވަސް ވަންދެން ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މައުލޫމާތުދިނެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް 24 ގަޑިއިިރު ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ.
އަދި މީގެ އިތުރުން ކަނޑުތައް އާދައިގެ ގޮތަކަށް ގަދަކަމަށްވާތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްކޮށް ދައްކާއިރު ރޭގެ ވަގުތެއްގައި ހއ. ދިއްދޫއަށް ވެހުނު ވާރޭގައި އެ ރަށު 6 ފްލެޓެއްގެ ފުރާޅު އެއްލައިލާ އެތަންތަނުގައި އުލެވޭވަރަށްވުރެ ގެއްލުންވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ