ކުޅުދުއްފުއްޓާއި ދިއްދޫ އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުއްޓާއި ދިއްދޫ އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާން ކޮށްފިއެވެ.
ފެނަކަ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީއޯކިޔު އަދި މައުލޫމާތާއި އެއްގޮތަށް އެ ދެރަށުގެ އިންޖީނުގެ އިމާރާތްކުރުމުގެ ނުނިމި ހުރި ހުރިހާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިއުލާން:ހދ.ކުޅުދުއްފުށި އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ. https://t.co/STM8x6EaZx#TeamFenaka pic.twitter.com/rQT0SgyKim— Fenaka Corporation Ltd (@TeamFenaka) August 8, 2024
ކުޅުދުއްފުށި އާ އިންޖީނުގެއެއް ތަރައްގީ ކުރުމަށް ބިންގާ އެޅީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހެވެ. އެއިރު ފެނަކައިން ބުނިގޮތުގައި މިތަން ތަރައްގީ ވެގެން ދާނީ އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު ގާއިމުކުރެވިގެންދާނެ އިންޖީނުގެއަކަށެވެ.
އިއުލާން:ހއ.ދިއްދޫ އިންޖީނުގެ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.https://t.co/r4FI6Hn9C9#TeamFenaka pic.twitter.com/HVNe6JuDph— Fenaka Corporation Ltd (@TeamFenaka) August 8, 2024
ކުޅުދުއްފުށި އާ އިންޖީނު ވެގެންދާނީ މިހާތަނަށް އަތޮޅުތެރޭގައި ފެނަކައިން ގާއިމުކުރާ އެންމެ ބޮޑު އިންޖީނުގެއަށް ކަމަަށްވެސް އެ ކުންފުނިން އެއިރު ބުނެފައި ވެއެވެ. ކުރީ ސަރުކާރުން ތަރައްގީކުރަންފެށި މި އިންޖީނުގޭގެ މަސައްކަތް ދައުރު ނިމުނުއިރުވެސް ނިންމާލެވިފައެއް ނުވެއެވެ.
ކުޅުދުއްފުށީ އިންޖީނުގޭގައި 41 މުވައްޒަފުން ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރެއެވެ. އެ މުވައްޒަފުން މި މަހުގެ ނިޔަލަށް ދޫކޮށްލަން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ