ސަރުކާރު މެމްބަރުންނަށް ވެސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ: ރައީސް

"މި ހީވަނީ ވާދަމަން އުޅޭ ހެން، ވަލެއްގަ އެއްކޮޅުގަ މަޖިލީސް، ސަރުކާރު އަނެއްކޮޅުގަ އޮވެގެން ދަމަނީ، ވަލަކީ ރައްޔިތުން. ދެން ދަމާ ދަމާ ވާކަނޑައިގެން ދިޔައީމަ ރައްޔިތުން ނޫންތޯ ބިކަވެ ހުރިހާ ދެރައެއް މިލިބެނީ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކުރަން ބޭނުން ކަންކަމުގައި އެއްބާރުލުން ދިނުމުގެ އިތުރުން ސަރުކާރު ޖަވާބު ދާރީ ކުރުމުގެ މަސައްކަތް ވެސް ސަރުކާރު މެމްބަރުން ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަންނަ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ފުވައްމުލަކު ސިޓީގެ ތިން ދާއިރާއަށް ވާދަކުރާ ޕީއެންސީ ކެނޑިޑޭޓުންގެ ކެމްޕޭނު ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ރައީސް މިރޭ ވިދާޅުވީ މިހާރު އޮތް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން އެތައް ފިއްތުންތަކެއް ފިއްތަމުންދާ ކަމަށެވެ. އޭގެ ސަބަބުން ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސް ތަކެއް އެޅިގެން ދިޔަ ނަމަވެސް ސަރުކާރުގެ މަސައްކަތުން މަދު ދުވަސްކޮޅުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ މެޖޯރިޓީ ނަގަން ބޭނުންވާ ހަމައެކަނި ސަބަބަކީ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުވަން ކަމަށެވެ."ވަރަށް ސާފުކޮށް ނޫންތޯ އެ ވިދާޅުވަނީ ސަރުކާރަކަށް އެއްބާރުލުމެއް ނުދޭނަމޭ ތިމަންނަމެން މި ސަރުކާރު ބަދަލުކުރަންށޭ ބޭނުންވަނީ މަޖިލީސް ތެރެއިން. ކުރިން އެވާހަކައެއް ނުދައްކާ. ކުރިން ބޭނުންކުރަމުން ދިޔައީ ވަރަށް ސިމްޕަލް ވަރަށް އާދައިގެ ބަހެއް، ޖަވާބުދާރީ ކުރުން،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އިދިކޮޅު މެމްބަރުން ނެތަސް ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ. މިސާލެއް ދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު އެންމެ ގިނައިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރީ އޭރުގެ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މެމްބަރުން ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީގެ މެމްބަރުންނަކީ އެކަން ކުރެވޭނެ ޒިންމާދާރު މެމްބަރުން ކަމަށެވެ."އެހެންވީމަ ޖަވާބުދާރީ ކުރުވާނެ އަޅުގަނޑުމެންގެ މެމްބަރުން ވެސް. އެހެންވީމަ އިދިކޮޅު ފަރާތްތަކުން ކުރީގަ ޖަވާބުދާރީ ކުރުވާ ވާހަކަ ދެއްކިޔަސް ފަހުން އެވާހަކައިގެ އަސްލު އެބޭފުޅުން ހިތުގަ އޮތް ގޮތަށް މިހާރު އެ ބޭރުކުރަނީ. ސަރުކާރު ބަދަލުކުރަން، ބަޣާވާތް ކުރަން، އަޒުލުކުރަން މިކަހަލަ ލަފްޒުތައް [ބޭނުން ކުރަނީ]،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ އިދިކޮޅަށް މެޖޯރިޓީ ދީގެން ގައުމު ހަމަނުޖެހުމުގެ ތެރެއަށް ދޫކޮށްލަން ބޭނުންފުޅު ނުވާ ކަމަށެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ސަރުކާރާ މަޖިލީހާ ކޯޅުންތައް ކޯޅި، ރައްޔިތުންނަށް އޭގެ ގެއްލުން ލިބޭ ކަމަކަށް ވެގެން ދިއުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ."އަޅުގަނޑިމެން ވެގެން ނުވާނެ ރައްޔިތުންގެ މަޖިލީހަށް ހޮވާ މެމްބަރުންނަކީ މިދެންނެވި ވިސްނުމުގަ ތިބި މީހުންނަށްވީމަ ދެން މިވާގޮތް ވިސްނާލީމަ އެބަ އެނގޭ ވާން އުޅޭނެ ގޮތަކީ ކޮބައިކަން. މި ހީވަނީ ވާދަމަން އުޅޭ ހެން، ވަލެއްގަ އެއްކޮޅުގަ މަޖިލީސް، ސަރުކާރު އަނެއްކޮޅުގަ އޮވެގެން ދަމަނީ، ވަލަކީ ރައްޔިތުން. ދެން ދަމާ ދަމާ ވާކަނޑައިގެން ދިޔައީމަ ރައްޔިތުން ނޫންތޯ ބިކަވެ ހުރިހާ ދެރައެއް މިލިބެނީ،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ މަޖިލީސް ވާންޖެހޭނީ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭ ތަނެއްގެ ގޮތުގައި ކަމަށެވެ. ޕާޓީ އެތެރޭގެ ހިޔާލުތަފާތުވުންތައް ވެސް ދޫކޮށްލައި މި ދަނޑިވަޅުގައި އެކަތިގަނޑަކަށް ވާން ވެސް ރައީސް ވަނީ ގޮވާލައްވާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ