ގެއްލުނު ދޯނި ހޯދުމަށް 440 މޭލު ސަރަހައްދެއް ބަލައިފި

އެމްއެންޑީއެފް އިން ބުނީ އަދިވެސް ދޯނި ހޯދުމުގެ މަސައްކަތް ހުއްޓާނުލައި ކުރާކަމަށެވެ.
މ. ރަތްމަންދޫ ބޭރަށް މަސްވެރިކަމަށް ނިކުތް "ފަރިހި 2" ދޯނި ހޯދުމަށް 440 ނޯޓިކަލް މޭލު ސަރަހައްދެއް ވައިގެމަގުންނާއި ކަނޑުމަގުން ބެލިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. ތިން މީހުންނާ އެކު ގެއްލުނު ދޯނި ހޯދުމަށް ޑްރޯން އާއި އެމްއެންޑީއެފްގެ ކޯޓުގާޑު އުޅަނދުތައް ބޭނުންކުރެ އެވެ. އެމްއެންޑީއެފުން ބުނީ އަދިވެސް ހުއްޓުމެއް ނެތި ސާޗް އޮޕަރޭޝަން ކުރިއަށް ދާކަމަށެވެެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "މިރާ"އަށް ވިދާޅުވީ، އެ ދޯނީގައި ތިބި މީހުން މަސްވެރިކަމަށް ދިޔައީ ސީދާ ކޮން ސަރަހައްދަކަށް ކަމެއް އެނގިފައި ނުވާކަމަށެވެ. "ޔަގީންކަމާ އެކު މަހަށް ދިޔައީ ކޮން ލޮކޭޝަނަކަށް ކަމެއް ޔަގީނެއް ނޫން. ބައެއް މައުލޫމާތު އެބަހުރި ކަނދުފައްޗަށް ވެސް ދާކަމަށް" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި މަހަށް ދިޔަ ތިން މީހުންނަކީ ކ. މާފުށީ ބައެކެވެ. އެމީހުން މަހަށް ފުރީ މ. މަޑުއްވަރީން، އެރަށުގެ ޑައިވިން ދޯންޏެއްގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ