ކައިވެންޏަށްފަހު ދެމީހުންކުރެ ކޮންމެ މީހަކުނަމަވެސް ކުރީގެ ލޯބިވެރިއަކު ހުރިނަމަ އެމީހަކާ ރައްޓެހިކަންވެސް ބާއްވަންވާނީ ބައިވެރިޔާއަށް އެކަން އަންގައި ރުހުންވެސް ހޯދައިގެން!

ކައިވެންޏަށްފަހު ކުރީގެ ލޯބިވެރިޔާއާއި ހަމައެކަނި ރައްޓެހިކަން ބާއްވަން ބޭނުންވެގެން އެކަން ހުއްދަތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  
މިސުވާލަށް ގިނަ ޢިލްމްވެރިން ވިދާޅުވަނީ މިޙާލަތުގައި ކުރީގެ ލޯބިވެރިޔާއަށް ހިތްހެޔޮކުރުމަށާއި ނަމަވެސް ގުޅައި ވާހަކަދައްކައި ނުހަދާށެވެ! ޢަމުދުން ބައްދަލު ނުކުރާށެވެ! އެއީ ކުރީގެ ހަނދާންތައް އައުވެ ހިތުގެ ވިންދު ބަދަލުވެ ކަންކަން ކޮންޓްރޯލުން ނެއްޓިގެން ހިނގައިދާނެ ކަމަށްޓަކައެވެ.  
ހަމައެއާއިއެކު ގާތީ ދެމީހުންގެ ވެސް ޙަޔާތުގެ ބައިވެރިން ތިބުމެވެ. ވީމާ ފަހަރެއްގައި ތިބާ ދެރަވެދާނެތީ އެކަމަށް ދެކޮޅު ނުހެދިނަމަވެސް އެއީ ވަރަށް މަދު ބައިވެރިއަކު ނޫނީ ރުހޭނެ ކަމެއް ނޫނެވެ. އަދި ގިނަ ބައަކަށް އަސަރުކޮށް ހިތުގައި ޖެހޭނެ ކަމެކެވެ.  
ކުރީގެ ލޯބިވެރިޔާއާއި ވާހަކަ ދައްކައި ޙާލުބަލައި ހެދޭނަމަ އެގުޅުމުގެ ތެރެއިން އިތުރުކުރި ފަޅައި ހެދިބޮޑުވަމުން އައިސް މައްސަލަތައް ކުރިމަތިވުން ގާތެވެ. ހަމައެއާއިއެކު ކައިވެނިކުރުމަށްފަހު އެންމެ ބޮޑު ސަމާލުކަމެއްދޭންޖެހޭނީ ބައިވެރިޔާއަށެވެ. އެންމެ ރަނގަޅު ގޮތަކީ އޭނާގެ ހިތުގައި ޖެހޭނެ އެއްވެސް ކަމެއް ނުކުރުމެވެ.  
މިޘާލަކަށް އެއީ އަހްމަދަކާއި ފާޠިމަތު އެކެވެ. އެދެމީހުން ތިބީ ވަކިވެ ރަޒީނާ އަކާ މޫސައަކާއި ކައިވެނިކޮށްގެންނެވެ. މިޙާލަތުގައި އަހްމަދާއި ފާޠިމަތުގެ މެދުގައި އެއްވެސް ވަރެއްގެ ގުޅުމެއް ބާއްވަންވާނީ ރަޒީނާ އާއި މޫސަގެވެސް ރުހުމާއިއެކުގައެވެ.  
ހަމައެއާއިއެކު ދެމީހުންގެވެސް ބައިވެރިން ތިބުމުން ދެމީހުންނަށް މިމައްސަލަ ކުރިމަތިވާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ މާޒީ މާޒީއަށް ދޫކޮށްލައި ބައިވެރިޔާއާއިއެކު ވީހާ ލޯބިން ދިރިއުޅެން މަސައްކަތް ކުރުމެވެ. ހިތް ކުރީގެ ލޯބިވެރިޔާއާއި ދިމާއަށް އަދިވެސް ލެނބޭނަމަ ބައިވެރިޔާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވުމަކީ ވަރަށް ނާދިރުކަމެކެވެ.  
މިމައްސަލައިގައި ސުވާލުކުރި ކިޔުންތެރިއަކު ފުރަތަމަ ވަރަށް ހިތްހަމަނުޖެހުނެވެ. ވިސްނައިދިނުމުން ބުނީ މިއީ މިޒަމާންކަމަށާއި މިޒަމާނުގައި މައްސަލައެއް ނޫން ކަމަށެވެ. ދެން ވަރަށް އޯގާތެރިކަމާއެކު ހަމަ މިޒަމާނުގައި ތިބާގެ ބައިވެރިޔާ އޭނާގެ ކުރީގެ ލޯބިވެރިޔާއާއި ސިއްރުން ގުޅުން ބާއްވަން ރުހޭނަންތޯ ސުވާލުކުރީމާ ބުނީ ނުރުހޭނަން ކަމަށެވެ. ވީމާ ވިސްނަންވީ ތިމާގެ އެކަނި ނޫންކަމަށާއި ބައިވެރިޔާގެ ވެސް ހިތެއް އޮންނާނެކަމެވެ. އެހިތުގައި ޖެހޭނެ ކަމެއް ކޮށްގެން ނުވާނެ ކަމެވެ.  
ހަމަ މިފަދަ ސުވާލަކަށް ޑރ. އިޔާޟްގެ ޖަވާބު:  
އަޅުގަނޑާއި ކުރިންލޯބީގެ ގޮތުން ގުޅިފައިވާމީހަކާ އަޅުގަނޑު ވާހަކަދައްކަމެވެ. ނަމަވެސް މިހާރު ވާހަކަދައްކަނީ ގާތް ރަޙްމަތްތެރިޔެއްގެ ގޮތުންނެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑަށް ސައްކުކުރެއެވެ. ހަޤީޤަތަށް ކިޔާދިނަސް ޤަބޫލެއްނުކުރެއެވެ.  ދެން އޭނަ އަޅުގަނޑާ ވާހަކަދެއްކި ކަމުގަވިޔަސް އޭނަޔާ ވާހަކަ ނުދައްކަންވީތޯ؟ 
ކުރިން ރަށްޓެހިވެގެން އުޅުން ލޯބިވެރިޔާ އާއި އެކުގައި ރަޙްމަތްތެރިކަމުގެ ގޮތުން ނަމަވެސް ގުޅުމެއް ބޭއްވުމަކީ ރަގަޅު ކަމެއް ނޫނެވެ. ސަބަބަކީ ވާހަކަ ދައްކާ ހެދުމުގެ ތެރޭގައި މާޟީގެ ދުވަސްތައް މަތިން ހަނދާންވެ ގޯސް ދިމާލަކަށް މީހާ ގެންގޮސްފާނެތީވެއެވެ. والله أعلم.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ