ރަފީނިއާ އަށް ޗެމްޕިއަންސް ލީގުގައި ބްރެޒިލްގެ ރެކޯޑެއް ރަފީނިއާ އަށް ޗެމްޕިއަންސް ލީގުގައި ބްރެޒިލްގެ ރެކޯޑެއް

ބާސެލޯނާ (މާޗް 12) - ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ބްރެޒިލް ކުޅުންތެރިޔާގެ ރެކޯޑް، މި ސީޒަނުގައި ބާސެލޯނާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ އަށް ލިބިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގެ ދެ ވަނަ ލެގުގައި ރޭ ބާސެލޯނާ އިން ބެންފިކާ އަތުން 3-1 އިން މޮޅުވި މެޗުގައި، ރަފީނިއާ ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތަކާ އެކު، ރަފީނިއާ ވަނީ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގެ ލަނޑު ލިސްޓުގެ ކުރިއަށް ޖެހިލުމުގެ އިތުރުން، އަމިއްލަ ގައުމު ކަަމަށްވާ ބްރެޒިލްގެ ރެކޯޑެއް ވެސް ހަދައިފަ އެވެ.
ރޭގެ ގޯލުތަކާ އެކު، ރަފީނިއާ ވަނީ މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި 11 ގޯލު ޖަހައިފަ އެވެ.
މީގެ ކުރިން އެ ރެކޯޑް އޮތީ 10 ގޯލު ޖެހި ފަސް ކުޅުންތެރިއެއްގެ އަތުގަ އެވެ. އެއީ، 2006/2007 ވަނަ ސީޒަނުގައި އޭސީ މިލާނަށް ކުޅުނު ކަކާ، ޕޯޓޯ އަށް 1999/2000 ވަނަ އަހަރު ކުޅުނު ޖާޑެލް، 2017/2018 ގައި ލިވަޕޫލަށް ކުޅުނު ރޮބާޓޯ ފިރްމީނޯ އަދި 2014/2015 ގައި ބާސެލޯނާ އަށް ކުޅުނު ނޭމާ އަތުގަ އެވެ.
މި ސީޒަނުގައި ބާސެލޯނާ ޖޯޒީގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ، ސީޒަނުގެ މިހާތަނަށް އޭނާ ކުޅެދިން 41 މެޗުން 27 ގޯލު ޖަހައި، 19 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ފްރާންސް ފުޓްބޯލް އިން އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ތެރެއިން މި ވަގުތު އެންމެ ނަން ހިނގާ އެއް ކުޅުންތެރިއަކީ ރަފީނިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ