އެޗްޑީސީންގެ ބިންތަކަށް ނުލިބި ހުރި ފައިސާގެ ތެރެއިން 226 މިލިއަން ރުފިޔާ ހޯދައިފި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން އެ ކުންފުންޏައް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާގެ ތެރެއިން 226 މިލިއަން ރުފިޔާ މިހާތަނަށް ހޯދާފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.އެޗްޑީސީގެ ބިންތައް ކުއްޔަށް ނަގާފައިވާ ބޮޑެތި ކުންފުނިތަކުން އެ ކުންފުންޏަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާކަން ވަނީ ހާމަވެފަ އެވެ.ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވީ އެޗްޑީސީ އަށް ނުލިބި ހުރި ފައިސާ ހޯދުމަށް ސެޓްލްމެންޓު ކޮމެޓީ އެއް އެކުލަވާލާ، ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.އޭނާ ވިދާޅުވީ ފައިސާ ނުދައްކާ ކުންފުނިތަކުން ފައިސާ ހޯދުމަށް ގާނޫނީ ސިޓީ ފޮނުވަމުންދާ ކަމަށާއި އެ ފުރުސަތުގައި ވެސް ފައިސާ ނުދައްކާ ކުންފުނިތައް ކޯޓަށް ގެންދާނެ ކަމަށެވެ. ބަހާލައިގެން ފައިސާ ދެއްކުމަށް ވެސް ކުންފުނިތަކަށް ފުރުސަތު ދެމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ."އެ ރިކަވަރީ ކޮމިޓީގެ މަސައްކަތުން މިއަދު 226 މިލިއަން އަޅުގަނޑުމެން ރިކަވާ ކޮށްފިން،" ފަޒުލް ވިދާޅުވި އެވެ.ފަޒުލް ވިދާޅުވީ ފައިސާ ނުދައްކާ ހުރި ވިޔަފާރިތަަކަށް ނުވަތަ މީހުންނަށް "ޑިމާންޑް ލެޓާ" އެއް ފޮނުވަމުންދާ ކަމަށެވެ. އަދި އެ ނޯޓިސްއަށް އިޖާބަ ނުދޭ ވިޔަފާރިތަކުގެ މައްސަލަ ކޯޓު މަރުހަލާއަށް ގެންދާ ކަމަށް ވެސް ފަޒުލް ވިދާޅުވިއެވެ. އެހެންނަމަވެސް ފައިސާ ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި އެޗްޑީސީން ފުރުސަތެއް ދޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ."އަޅުގަނޑުމެނަށް ވެސް އެއްބަސްވެވޭ މުއްދަތެއްގަ އަދި އެ ފަރާތަކަށް ވެސް އުނދަގޫނުވާނެހެން ފަސޭހެވާނެ ގޮތަަކަށް އެކި މަރުހަލާއަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އެބައޮތް. މި ފުރުސަތު އަޅުގަނޑުމެން މިދެނީ ކޯޓު މަރުހަލާ އެއްކައިރި ކުރުމަށްޓަކާ،" ފަޒުލް ވިދާޅުވިއެވެ.އެޗްޑީސީއަށް ނުލިބި ހުރި ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ލިސްޓާ ގުޅޭގޮތުން މެންބަރުން ވަނީ މިދިޔަ ހަފުތާގައި ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.އެގޮތުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި އެ ކޮމިޓީގައި ވާހަަކަދައްކަވަމުން ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އެޗްޑީސީއަށް ނުލިބި އޮތް 1.2 ބިލިއަން ރުފިޔާގެ އިތުރަށް، ބާތިލުކޮށްފައިވާ ކޮންޓްރެކްޓްތަކުން އެޗްޑީސީއަށް ލިބެން ޖެހޭ 195 މިލިއަން ރުފިޔާ އޮތް ކަމަށެވެ. އެއާއެކު އެޗްޑީސީއަށް ނުލިބޭ ފައިސާގެ ޖުމްލަ އަދަދު 2.2 ބިލިއަން ރުފިޔާއާ ހަމައަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ