އިލްހާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

ޕީޕީއެމްގެ ނައިބު ލީޑަރުކަމުން މި ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންފި އެވެ. ޖުމްހޫރީ ޕާޓީން އާޓިފިޝަލް ބީޗްގައި ބާއްވަމުންދާ ޖަލްސާގައި އެ ޕާޓީ އަށް އިލްހާމުގެ އިތުރުން އޭނާގެ އަނބިކަނބަލުން ވެސް ވަނީ ސޮއިކުރައްވައިފަ އެވެ. އަދި މައުމޫނު ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން ވެސް ޖުމްހޫރީ ޕާޓީ އަށް ވަނީ ސޮއިކުރައްވައިފަ އެވެ. އެފްއޭއެމްގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި އިލްހާމާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ޖަލްސާގައި ވީޑިއޯ ޕްރެޒެންޓޭޝަނެއް ދެއްކި އެވެ. އެ ރިޕޯޓްގައި ބުނެފައިވަނީ އިލްހާމަކީ ކާމިޔާބު ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީން ރިޔާސީ އިންތިހާބަށް ކުރަމުންދާ މަސައްކަތަށް ލިބުނު "ހިތްވަރަކާއި ކަށަވަރުކަމެއް" ކަމަށެވެ. އަދި އެއީ އެ ޕާޓީ އަށް ދިރުން ލިބި، ހައިބަތު ބޮޑުވެގެންދާނެ ކަމެއް ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ