ތަސްލީމާގެ ބަދިގެ: ލޯބި ސަރުބަތު

"ތަސްލީމާގެ ބަދިގެ" ޕްރޮގްރާމްގައި ރަމަޟާން މަހުގެ މިއަދު ދެން މި ގެނެސްދެނީ ލޯބި ސަރުބަތު ތައްޔާރުކުރާނެ ގޮތެވެ. މިއީ ރޯދަ ވީއްލާގަޑީގައި ބޭނުންކޮށްލަން ވަރަށް މީރު ބުއިމެކެވެ.
ބޭނުންވާނެ ތަކެތި:
2 ސ ސަމްސާ ރޯސް ސިރަޕް5 ސ ސަމްސާ ދިޔާ ކިރު1/2 ތަށި ފެން1/2 ތަށި އައިސް ކިއުބް1/2 ސ ސަމްސާ އިސްޕަގުލް (ފެނަށް އަޅާ މާ ލައްވާފަ)ކުޑަ ކަރާ ކޮޅެއް (ކުދިކޮށް ކޮށާފަ)
ތައްޔާރުކުރާނެ ގޮތް:
ކުޑަ ޖަގެއްގައި ދިޔާކިރު، ފެން، ކަރާ، އިސްޕަގުލް، ރޯސްސިރަޕް، އަދި އައިސްކިއުބް އެޅުމަށްފަހު ސަމްސަލަކުން ރަނގަޅަށް ގިރާލާށެވެ. އޭރުން އެ ހުރީ މިފަދަ ހޫނު ގަދަ ދުވަސްވަރެއްގައި ބޯލަން ވަރަށް ފައްސޭހައިން ތައްޔާރުކޮއްލެވޭނެ ބުއިމެކެވެ.
ތަސްލީމާއަކީ ކުޅުދުއްފުށީގައި ކެއްކުމުގައި މަގުބޫލުކަން ހޯދަމުން އަންނަ އަދި ކެއްކުމުގެ ތަޖުރިބާ ހުރި ހުނަރުވެރި ޒުވާނެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ