މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފި

މާލެއިން ކަރަންޓު ކެނޑެން ދިމާވި މައްސަލަ ހައްލުކޮށް މުޅި މާލެއަށް ކަރަންޓު ދީފި އެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑެން ދިމާވީ ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލައަކުން ކަމަށާއި މައްސަލަ ހައްލުކޮށް މިހާރު ކަރަންޓު ދީފައިވާ ކަމަށެވެ. ކަރަންޓު ހިދުމަތް މެދުކެނޑެން ދިމާވި ސަބަބުގެ ތަފްސީލެއް އެ ކުންފުނިން ހާމައެއް ނުކުރެއެވެ. މާލެ އިން މިއަދު ހެނދުނު ކަރަންޓު ކެނޑުނީ ހެނދުނު 8:30 ހާއިރުއެވެ. އޭގެ ފަހުން ހިދުމަތް އަލުން ދިން ނަމަވެސް ފަހުން އަނެއްކާވެސްކަރަންޓު މެންދުރު ކުރީ ވަގުތުގައި ހިދުމަތަށް ބުރޫ އަރައި ކަރަންޓު ކެނޑިފައިވެ އެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ