ކިހާދޫ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ކާށީގެ އިތުރުން ގެރިކިރު

ކިހާދޫ ކައުންސިލުން ކޮންމެ އަހަރަކުވެސް ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދެމުން ގެންދަނީ ކާއްޓެވެ. އެކަމަކު މި ފަހަރު ތަފާތު ކޮށްލައިފިއެވެ. ކައުންސިލުން ބުނީ މި އަހަރު ރޯދައަށް ކޮންމެ މީހަކަށްް 10 ކާށީގެ އިތުރުން ތިން ދަޅު ގެރިކިރުވެސް ދޭން ނިންމާފައިވާ ކަމުގައެވެ.
މީގެ އިތުރުން ރަށުގެ ރަޖިސްޓަރީގައި ނެތްނަމަވެސް ރަށުގައި ދިރިއުޅޭ މުސްލިމް ކޮންމެ މީހަކަށްވެސް ތިން ދަޅު ގެރިކިރު ލިބޭނެކަމަށް ކައުންސިލުން ބުނެއެވެ. އަދި މިހަފްތާގެ ނިޔަލަށް  ގެރިކިރު ބަހައި ނިންމާނެކަމުގައެވެ.
“ކިހާދުގައި ދިރިއުޅޭ އެރަށުގައި ރަޖިސްޓަރީވެފައި ނެތް މީހުންނަށް ހަމައެކަނި ގެރިކިރު ދޭ ގޮތަށް ހަމަޖެއްސީ ރަށުން އެވަރަށް މިވަގުތު ކާށި ނުލިބި ހިނގައިދާނެތީ.” ކައުންސިލުން ބުންޏެވެ.
އާބާދީގައި 496 މީހުން ދިރިއުޅޭ ކިހާދޫގެ ކައުންސިލުން ބުނީ ސަރުކާރުގެ ރަސްމީ ގަޑީގައި އެ މީހަކު ބޭނުންވާ ދިހަ ކާށި ރަށުން ހޮވައިގެން ކައުންސިލަށް ދެއްކުމަށްފަހު މޭ މަހުގެ 2ގެ ނިޔަލަށް ގެންދެވޭނެ ކަމަށެވެ.
ރޯދަމަހަށް މަރުހަބާ ކިޔާއިރު ރަށްރަށުގެ ކައުންސިލްތަކުން ރައްޔިތުންނަށް ބޭނުންވާ ގިނަކަންތައްތަކެއް ދަނީ ކޮށްދެމުންނެވެ. އެގޮތުން ކާޑުގެ ބާވަތްތަކާ ކަރަންޓްބިލް ދެއްކުންފަދަ ރައްޔިތުންނާ ސީދާ ގުޅުން ހުރި ކަންކަމުގައި ރައްޔިތުންގެ ޖީބަށް ލުއި ކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ. އެކަމަކު އޭދަފުށީ ކައުންސިލުން މިފަދަ އެހީތެރިކަމެއް ކައުންސިލްގެ ތާރީޚުގައިވެސް ކޮށްދީފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ