ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ކޮންޓްރޯލު ކޮށްފި

ހުޅުމާލެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހުރި ކުނިތަކެއްގައި ރޯވެއްޖެ އެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވެފައިވަނީ ވިފްކޯ ގަރާޖު ކުރިމަތީ ހުރި ކުނިތަކެއްގައި ކަމަށެވެ. އަލިފާން ގަނޑު ކޮންޓްރޯލު ކުރުމަށް އެމްއެންޑީއެފްގެ ފަޔާ ޓީމު ހަރަކާތްތެރިވި ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 16:29 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ