ސުޕްރީމް ކޯޓްގެ މާލަންތަކުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތައްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓްގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ޝަރީއަތްތައް ހިންގުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ވަގުތުން ދައްކަމުންދާ ކަމަަށެވެ.މިވަގުތު މަސައްކަތް ކުރަމުން ގެންދަނީ ސުޕްރީމް ކޯޓްގެ މާލަންތަކުގައި ކުރިއަށް ގެންދެވޭ ޝަރީއަތްތައްވެސް ވަގުތުން ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށްވެސް މުއުތަސިމް ވިދާޅުވިއެވެ.
މިސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލައިލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއް
- އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުދާން
މައްސަލަތައް ހުށަހަޅާއިރު، ގިނަ އަދަދެއްގެ ކޮޕީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހަސްމުންނަށް ފަސޭހަވާނެހެން ޝަރީއަތާ ގުޅުންހުރި ފޯމުތަކަށާއި ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ކަރުދާހާ ނުލައި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ޝަރީއަތްތައް ކުރިއަށްގެންދިޔުމަކީވެސް އެ ކޯޓުގެ އެއް އަމާޒުކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓްގެ ހުރިހާ ޝަރީއަތްތަކެއް ލައިވް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ