ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށް ސިންގަޕޫރު ކޯޓުން ހުކުމްކޮށްފި
ޖީއެމްއާރުގެ އަތުން އެއާޕޯޓް ނެގުމުގެ ބާރު ދިވެހި ސަރުކާރަށް ލިބިގެންވާ ކަމަށް ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއާ އެއާޕޯޓް ހަވާލުކުރަން ސަރުކާރުން ހަތް ދުވަހުގެ ނޯޓިސްއެއް ދިނުމުން ޖީއެމްއާރުން ވަނީ އެކަން ސިންގަޕޫރު ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އާބިޓްރޭޝަނުން ގޮތެއް ނިމެންދެން އެ ނޯޓިސް އަށް އަމަލްކުރުން ފަސްކުރުމަށެވެ. ނަމަވެސް މި ނިންމުން ސިންގަޕޫރުގެ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ. އިއްޔެ ނިއު ދިއްލީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖީއެމްއާރުގެ އިސް ވެރިޔަކު ވިދާޅުވީ ހުކުރު ދުވަހުގެ ފަހުން ވެސް އެއާޕޯޓުން ޖީއެމްއާރު ނުފައިބާނެ ކަމަށެވެ. ޖީއެމްއާރުގެ އެގްރިމަންޓް ބާތިލްކުރުމަށް ފަހު އެ ކުންފުންޏަށް ސަރުކާރުން ދީފައިވާ ހަތް ދުވަހުގެ މުހުލަތު ހަމަވާނީ އަންނަ ހުކުރު ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ