އިންޑިޔާއަށް ހިޖުރަކޮށްގެން ދިރިއުޅޭ މުހާޖިރުންގެ ތެރެއިން މުސްލިމުން އިސްތިސްނާކޮށް އެހެން ފަރާތްތަކަށް ރައްޔިތުކަން ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޤާނޫނަށް ޢަމަލުކުރުން ހުއްޓުވައިދިނުން އެދި އެޤައުމުގެ އެންމެ މަތީ ކޯޓަށް ހުށަހެޅި ހުށަހެޅުން އެކޯޓުން ބަލައިގަތުމަށް އިންކާރުކޮށްފިއެވެ. ކޯޓުން ބުނެފައިވަނީ އެޤާނޫނާ ދެކޮޅަށް ހުށަހެޅިފައިވާ ހުށަހެޅުންތައް އެކޯޓުން ބަލާނީ އަންނަ ޖަނަވަރީ މަހުގެ 22ވަނަ ދުވަހުގައި ކަމުގައެވެ. އެޤާނޫނާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ އެޤައުމުގެ ދުސްތޫރާ އެޤާނޫނު ޚިލާފުވާ ކަމުގައި ބުނެއެވެ. އަދި އެޤައުމުގެ ޤާނޫނު އަސާސީއިން ޤާއިމުކޮށްފައިވާ ހަމަހަމަކަން މިޤާނުޏުން ގެއްލޭ ކަމުގައިވެސް އެމައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވެއެވެ. މިޤާނޫނާ ދެކޮޅަށް އިންޑިޔާގެ އެކި ސަރަހައްދުތަކުގައި މުޒާހަރާތައް ކުރެވެމުން އެބަދެއެވެ. އެގޮތުން އައްސާމާއި ވެސްޓް ބެންގާލާއި އަދި ދިއްލީގައިވެސް މިޤާނޫނާ ދެކޮޅަށް އިހުތިޖާޖުކުރެވެމުން އެބަދެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ރައްޔިތު ޤާނޫނަށް ޢަމަލުކުރުން ހުއްޓަވައިދިނުމަށް އެދި ހުށަހެޅި ޕެޓިޝަން އިންޑިޔާ ކޯޓުން ބަލައިނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ