ގާސިމް ހައްޔަރުކުރީ ޔާމީން ޖެހިލުންވާވަރުން: އަމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރީ ރައީސް އަބުދުﷲ ޔާމީން ޖެހިލުންވާވަރުންކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ޤާސިމް އިބުރާހިމް ދެވަނަ ފަހަރަށް ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމައި އެމައްސަލަ އަނބުރާ ފޮނުވާލުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަމީންގެ ޓްވީޓްގައި ވިދާޅުވީ ގާސިމް އިބްރާހިމް ހައްޔަރުކުރީ އެއްވެސް ބުރަދަނެއް ހެއްކެއް ނެތްކަމެއްގައިކަމަށެވެ. އަދި ގާސިމް ހައްޔަރުކުރީ ރައީސް ޔާމީން ޖެހިލުންވާ ލީޑަރަަކަށް ގާސިމްވުމުންކަމަށް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ