ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެވަޑައިގެންނެވި ގިނަ ވައުދުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮޕީކުރައްވާފައިވާ ކަމަށް ގާސިމްގެ ތަރުޖަމާނު އިބްރާހިމް ޙަލީލް ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވާފައިވާ އެސްއެމްއެސްއެއްގައި ޙަލީލް ވިދާޅުވީ ގްރޭޑް 8 އިން މަތީ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެ ކަމަށް ގާސިމް ވިދާޅުވުމުން އަމިއްލަ ގޮތުން ކުރިމަތިލައްވާފައިވާ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ރައީސް ވަހީދު ކޮންމެ ކުއްޖަކަށް ޓެބްލެޓެއް ދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
އަދި އުތުރު ތިލަފަޅުގައި އަސްކަރީ މަރުކަޒެއް ގާއިމުކުރާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވުމުން ޑރ.ވަހީދު ވެސް ހަމަ އެ ވައުދު ތަކުރާރުކުރެއްވި ކަމަށް ޙަލީލް ވިދާޅުވި އެވެ.
"މިހެން ގޮސް ކިތަންމެ ވައުދެއް ވަނީ ކޮޕީ ކުރައްވާފައި، ޔާމީން ވެސް ހަމަ މިގޮތަށް ގާސިމްގެ ބައެއް ވައުދުތައް ވަނީ ކޮޕީ ކުރައްވާފައި، މިސާލަކަށް ތެޔޮ ނަގާނެ ކަމުގެ ވައުދު އެއީ 2008 ގައި ވެސް ގާސިމް މެނިފެސްޓޯގެ ވައުދެއް." ހަލީލް ވިދާޅުވެފައިވެ އެވެ.
ހަލީލް ވިދާޅުވީ އެފަހަރު ތެޔޮ ނަންގަވާ ވާހަކަ ގާސިމް ދެއްކެވުމުން އެކަމަށް މަލާމަތްކުރުމަށްފަހު މިފަހަރުގެ އިންތިހާބަށް ކުރިމަތިލައްވައިގެން ކެމްޕެއިންކުރައްވަމުންދާ ޔާމީން މިހާރު ތެޔޮ ނަންގަވާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށް ވެސް މީޑިއާ ކައުންސިލުން އިސްތިއުފާދެއްވާފައިވާ ހަލީލް ވިދާޅުވި އެވެ.
މީގެއިތުރުން ޑިގްރީއަށް ކިޔަވަން ފުރުސަތު ތަނަވަސްކުރުމުގެ ވައުދުވެސް ގާސިމް ވިދާޅުވި ފަހުން ޔާމީން ތަކުރާރުކުރައްވާފައިވާ ކަމަށާއިގާސިމްގެ ވައުދުތަކާއި ގުޅިގެން އެމްޑީޕީގެ މެނިފެސްޓޯއަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަކުރައްވާ އަނެއް ތިން ކެންޑިޑޭޓުންގެ އަމާޒަކަށްވެފައި ވަނީ ގާސިމާ ދިމާކޮށް، އޭނާގެ ޝަހުސިއްޔަތު ކަތިލުން ކަމަށާއި ނަމަވެސް ޖުމްހޫރީ ޕާޓީން ކުރަމުން ދަނީ ސުލްހަވެރި، ތަހުޒީބު ކެމްޕެއިނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރޭޑް 8 އިން މަތީ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންނެވި ނަމަވެސް 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މެނިފެސްޓޯގައި އޯލެވެލްއިން ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ލެޕްޓޮޕެއް ދޭނެ ވާހަކަ ބުނެފައިވެ އެވެ.
ގާސިމް ވެވަޑައިގެންނެވި ގިނަ ވައުދުތައް ވަހީދާއި ޔާމީންވަނީ ކޮޕީކޮށްފައި - ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ