މެމްބަރު ހުސެއިންގެ ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްފި

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްގެ (ސެމްބެ) ޓިކްޓޮކް އެކައުންޓް ވެރިފައިކޮށްފިއެވެ.
މެމްބަރު ހުސެއިން އަކީ މަޖިލީސް މެމްބަރުންގެ ތެރެއިން ޓިކްޓޮކް އެކައުންޓް ވެރިފައިވި ފުރަތަމަ މެމްބަރެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރަސްމީ ޓިކްޓޮކް އެކައުންޓެއް ހުޅުވާފައެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭ އިން ވެސް ވަނީ ޓިކްޓޮކް ބޭނުން ކުރަން ފަށާފައެވެ.
ސެމްބެގެ އިތުރުންވެސް ބައެއް މަޖިލީސް މެމްބަރުންނާއި ސިޔާސީ ފަރާތްތަށް މިހާރު ދަނީ ޓިކްޓޮކް ބޭނުން ކުރަމުންނެވެ. މިގޮތުން ދާދިފަހުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން އާއި ކުރީގެ ހައުސިން މިނިސްޓަރު އަދި އިދިކޮޅުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ ޑރ.މުއިއްޒުވެސް ވަނީ ޓިކްޓޮކް ބޭނުން ކުރަން ފަށާފައެވެ.
ރާއްޖޭގައި ފޭސްބުކް އާއި އިންސްޓަގްރާމްއަށްފަހު އެންމެ މަޤުބޫލު ސޯޝަލް މީޑިއާ އެޕްލިކޭޝަން އަކީ ޓިކްޓޮކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ