އެންޓި ކެމްޕޭނާ މެދު ކަންބޮޑެއް ނުވޭ، ރައްޔިތުން ނިންމާނީ ރަނގަޅަށް: ޑރ. މުއިއްޒު

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީން އޭނާއާ ދެކޮޅަށް ކިތަންމެ ވަރަކަށް އެންޓި ކެމްޕޭން ކުރިޔަސް އެކަމުން ،މާބޮޑު އަސަރެއް ނުކުރާ ކަމަށާއި މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ރައްްޔިތުން ނިންމަވާނީ ރަނގަޅަށް ކަަމަށް އުއްމީދު ކުރައްވާ ކަަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނުކުންނަވާފައިވާ ޑރ. މުއިއްޒު އެހެން ވިދާޅުވިއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެ މަގާމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރުގެ ޓީމުން ގެންދަނީ ޑރ. މުއިއްޒުއާ ދެކޮޅަށް ވަރަށް ގަދައަށް އެންޓި ކެމްޕެއިން ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގަ އާއި އެހެނިހެން ޕްލެޓްފޯމުތަކުގައި ވެސް އެމްޑީޕީގެ މެމްބަރުން މައިގަނޑު ގޮތެއްގައި ކުރާ އެއް ކަމަކީ ޑރ. މުއިއްޒުއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމެވެ. ބައެއް ދުވަސް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ އަމާޒަކަށް ވަނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ހައްދަވައިފަ އެވެ.
ޑރ. މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: ރައްޔިތުންގެ ނިންމުން ގޯހެއް ނުވާނެ ކަމަށް ވިދާޅުވި.
އެކަމާ ގުޅޭ ގޮތުން ޑރ. މުއިއްޒު "މިހާރު" އަށް ވިދާޅުވީ އެންޓި ކެމްޕޭން ކުރުމުގެ ގޮތުން އޭނާގެ ވާދަވެރިން ދައްކާ ވާހަކަތަކުގެ ހަގީގަތް އޭނާ ގެންދަވަނީ ހާމަކުރަ،އްވަމުން ކަމަށާއި ހަގީގަތާ ހިލާފު އެ ވާހަކަތައް ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ. އިންތިހާބަށް ކެމްޕޭންް ކުރެއްްވުމުގެ ގޮތުން ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައިވާއިރު، ރައްޔިތުން، އެ ސުވާލު ކުރޭތޯ ދެންނެވުމުން އޭނާ ވިދާޅުވީ އެ ކަހަލަ ސުވާލުތައް ކުަރިމަތިވެވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށް ދައްކަނީ މާލެއާ މެދު އަޅުގަނޑުގެ އޮތް ތަސައްވުރުގެ ވާހަކަ. އެ ރައްޔިތުންނަށްޓަކައި އަޅުގަނޑު ކޮށްދޭން އޮތް ހިދުމަތުގެ ވާހަކަ. ބަޔަކު އެންޓި ކެމްޕޭން ކުރުން އެއީ އަޅުގަނޑު އެކަމާ ކަންބޮޑުވާ ކަމެއް ނޫން،" ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގައި މާލޭގެ ތަރައްގީ އަދި ޖުމުލަކޮށް މުޅި ރާއްޖޭގައި އެންމެ ގިނަ މަޝްރޫއު ހިންގެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.
މާދަމާގެ އިންތިހާބާ މެދުގައި އޮތީ ކިހާވަރެއްގެ ޔަގީންކަމެއްތޯ، ކިހާވަރެއްގެ ނަތީޖާއެއް ހާސިލުކުރެއްވޭނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެކަން ނިންމަވާނީ ރައްޔިތުން ކަމަށެވެ. ވިދާޅުވީ ރައްޔިތުން ނިންމާނީ ރަނގަޅަށް ކަމަށެވެ.
Dr. Muizzu ge masakkaiy fesheynee ves Raees ge badhaluvumakun
The most trusted news source in the Maldives
Mihaaru
ޑރ. މުއިއްޒު ވިދާޅުވިގޮތުގައި، މާލޭގެ މޭޔަރުކަމަށް ކުރިިމަތިލެއްވުމުގެ ކުރިން ވެސް މާލޭގެ ހާލަތު ވަރަށް ރަނގަށް އޭނާ އަށް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު. ރައްޔިތުންގެ ގާތަށް ވަޑަައިގެން ވާހަަކަ ދެއްކެވުމުން ކުރިއަށް ވުރެ ބޮޑަށް ހާލަތު އެނގިވަޑައިގަންނަވައިފި ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް ހޮވައިފި ނަމަ، ސަރުކާރާ ގުޅިގެން މަސައްކަތް ކުރިޔަސް މާލޭގެ ރައްޔިތުން އެދޭ ކަންކަމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަަށެވެ. އަދި ރައްޔިތުންނާ ގާތުން މަޝްވަރާ ކުރައްވައި، އެ ކަންކަން ސަރުކާރުގެ ތެރެއިން ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
"އަޅުގަނޑަށް އަބަދުވެސް އިސްވާނީ މާލޭގެ ރައްޔިތުން. އެ މީހުން ނުރުހޭ ގޮތަކަށް އަޅުގަނޑު ކަމެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ އޭނާ މޭޔަރުކަމަށް ހޮވައިފި ނަމަ، ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ބައްދަލު ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކަމަށެވެ. އޭގެ ފަހުން ސަރުކާރުން ބޭނުންވާ ކަންކަން ހޯއްދަވައި، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު، އަދި އެހެން ކައުންސިލަރުންނާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މި އިންތިޚާބުގައި މާލޭގެ މޭޔަރުކަމަށް ޑރ. މުއިއްޒު އިންތިޚާބުކުރަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދެ މިނިސްޓަރެއް ކަމަށްވާ އުމަރު ޒާހިރާއި ޑރ. އަލީ ހައިދަރާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަދި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒު ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.
Natheejaa nerevidhaane kan gina bayaku gaboolu kuran fashaifi: Dr. Muizzu
The most trusted news source in the Maldives
Mihaaru
ރާއްޖޭގައި މާދަމާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާ އިރު، އެ އިންތިހާބަކީ ހަގީގަތުގައި މިދިތަ އަހަރުގެ އޭޕްރިލްމަހު ބާއްވަން ޖެހޭ އިންތިހާބެކެވެ. އިންތިހާބު ލަސްކުރީ ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރޭތީ އެ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަަޅަން ޖެހުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ