އެމީހުން ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީނެއް އަށަގަންނުވަން މަސައްކަތް ކުރަނީ ކަމަށްވެދާނެ: ގާސިމް
އެމީހުން (އެމްޑީޕީގެ އިސް ބައެއް ވެރިން) ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީނެއް އަށަގަންނުވަން މަސައްކަތް ކުރަނީ ކަމަށްވެދާނެކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ރޭ ވިދާޅުވީ “އެމްޑީޕީގެ އާންމު މެންބަރުންނާމެދު އެއްވެސް ކިލަބު ކަމެއްނެތް” ކަމަށާއި “ކަންބޮޑުވަނީ އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ހަތަރުވަރަކަށް މީހުންގެ ކަންތައްތަކާ” ކަމަށެވެ. އަދި “އެމީހުން ރާއްޖޭގައި އިސްލާމްދީން ނޫން އެހެންދީނެ އަށަގަންނުވަން މަސައްކަތް ކުރަނީ ކަމަށްވެދާނެ. އެއީ ބޭރު ބަޔަކު ހިތްހަމަޖައްސާލަން ކުރާ ކަމެއް ކަމަށް ވެދާނެ. އެމީހުންނަށް ފައިސާތަކެއް ލިބެނީ ކަމަށްވެސް ވެދާނެ. އެހެން ކަމަށްވާނަމަ އެކަންވެސް ގައުމީ މަސްލަހަތާއި ކަރާމާތަށްވުރެ އިސްކޮށްގެން ނުވާނެ”ކަމަށެވެ.ބޭރުގެ ގައުމުތަކުގައި ރަސޫލާ އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ނަޝީދު ވާހަކަ ދައްކާފައިވާ ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ،ގާސިމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ވެރިކަން ހޯއްދެވުމަށް އުޅުއްވާ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނަކީ ގައުމު ހަލާކު ކުރައްވަން އުޅުއްވާ ބޭފުޅެއް ކަމަށެވެ.މިގޮތުން ރާއްޖޭގައި ހައްދުފަހަނަޅާފައިވާ މުސްލިމުން އެބަތިބި ކަމަށް ރައިސް ނަޝީދު ބޭރުގެ ގައުމުތަކަށް ހާމަކުރައްވަމުން ގެންދަވާ ކަމަށާ އެފަދަ ހަގީގަތެއްނެތް ވާހަކަ ދެއްކެވުމަކީ ރާއްޖެ ބަދުނާމުކޮށް ހަމަޖެހުން އުފެއްދެވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ. ބޭރުގެ ގައުމުތަކުގައި ރަސޫލާއާއި، އިސްލާމްދީނަށް ފުރައްސާރަކޮށް ނަޝީދު ވާހަކަ ދައްކާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.ގާސިމް މިހެން ވިދާޅުވީ ނ. އަތޮޅު މަނަދޫގައި ޖޭޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ