15 އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ މީހަކާއި އެ ކުއްޖާގެ މަންމަ ފުވައްމުލަކުން ހައްޔަރުކޮށްފިއެވެ.އެ މީހާ ހައްޔަރު ކުރީ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައެވެ. 39 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދީއްތަ ދުވަހުގައެވެ. އަދި 35 އަހަރުގެ ކުއްޖާގެ މަންމަ ހައްޔަރު ކުރީ ދަރިފުޅަށް އިހުމާލު ވުމުގެ މައްސަލައެއްގައެވެ. ހައްޔަރު ކުރި ފިރިހެންމީހާ އަކީ "ހަރުކަށި" ފިކުރުގެ މީހެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެމީހާ އަކީ މީގެ ކުރިންވެސް 18 އަހަރުން ދަށުގެ ކުދިންނާއި ގަދަކަމުން ޖިންސީ ނަހަމަ ގުޅުންތައް ހިންގި ކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ހާމަކުރި ގޮތުގައި، 15 އަހަރުގެ ކުއްޖާއާއި މި ފިރިހެން މީހާ "ކައިވެނީ" ގެ ގޮތުން ގުޅިގެން އުޅޭތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެއެވެ. އަދި އެމީހާ އަކީ މާލޭގައި ފިހާރައެއްވެސް ހިންގާ މީހެއް ކަމަށްވެއެވެ.ކޯޓުން ބޭރުގައި، ކައިވެނީގެ ގޮތުން ގުޅުމަކީ ރާއްޖޭގެ ޤާނޫނުތަކުން މަނާ ކަމެކެވެ. އަދި ގިނަ ދީނީ އިލްމުވެރިން ދެކިލައްވާ ގޮތުގައި އިސްލާމީ އުސޫލުތަކާއި ވެސް ހިލާފު ކަމެކެވެ.
މިލިޔުން ކިޔާލުމުން
100 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ފަނަރަ އަހަރުގެ ކުއްޖަކާއި ކޯޓުން ބޭރުގައި "ކައިވެނި" ކޮށްގެން އުޅުނު މީހަކު ފުވައްމުލަކުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ