އުމުރު ނުފުރޭ ކުދިން ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރައް ތާއީދުކޮށް 18އ. ދަށުގެ ކުދިން ކޯޓުން ބޭރުގައި ކައިވެނި ކުރުވި މައްސަލައެއްގެ ތުހުމަތަށް އއ. މާޅޮހުން 45އ. މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާއިންް ބުނީ ހަރުކަށި ފިކުރަށް ތާއީދުކޮށް، އެ ފިކުރު ފަރުތައި، އަދި ދަރިން ބެލުމުގައި އިހުމާލުވެ އެކުދިންނަށް ލިބެންޖެހޭ އަސާސީ ހައްގުތަކުން މަހުރޫމްކޮށް، ބައެއް ދަރިން 18އ. ނުވަނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާ މައްސަލައެއްގައި އއ. މާޅޮހުން 45އ. ގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީނާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު 11:44 ހައިރު ކަމަށާއި، އެ މައްސަަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ހަރުކަށި ފިކުރުގެ މީހަކު މާޅޮހުން މިއަދު ހައްޔަރުކުރި އިރު، ދާދި ފަހުން، ރ. މަޑުއްވަރީގައި ވަނީ ފުލުހުން އޮޕަރޭޝަނެއް ހިންގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން މިއަދު 10 ދުވަހުގެ މުއްްދަތެއް ޖަހާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ