ވާދޫގައި ތެލަށް ޖެހި ކަރަންޓް ކަނޑާލައިފި

އަޕާ ސައުތު ޔުޓިލިޓީސް އިން ހިންގާ ގދ. ވާދޫން ޑީސަލަށް ޖެހި، މިއަދު ހެނދުނުން ފެށިގެން ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށް އެ ރަށު އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ވާދޫ އިންޖީނުގެއިން ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވީ އިންޖީނުގެ އަށް ތެޔޮސަޕްލައި ކޮށްދޭ ފަރާތަށް ކޮންމެވެސް ދަތިތަކާ ހުރެ ތެޔޮ ސަޕްލައިކޮށްދެވިފައި ނުވާތީ އެތަނުން ތެޔޮހުސްވެދާނެ ކަމުގެ ބިރަށްޓަކައި މިއަދު ރަށުން ކަރަންޓު ކަނޑާލީ ކަމަށެވެ.
"އަޅުގަނޑުމެން އަތުން މުޅިއަކުން ތެލެއްހުހެއްނުވޭ. އެކަމަކު މިއަދު ޖަނަރޭޓަރުތައް ހިންގަފައި ބަހައްޓައިފި ނަމަ މިރޭ ރަށަށް ކަރަންޓް ދޫނުކުރެވޭނެތީ ކަރަންޓު ކަނޑާލީ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް މިހާރު އައަތޮޅު ފަރެސްމަތޮޑާ އިން އަށް ފީފާ ޑީސަލް އިންޖީނުގެއަށް ގަނެގެން ގެންނަ ކަމަށާއި ވަރަށް އަވަހަށް އެ ރަށަށް ކަރަންޓު ދޫކުރެވޭނެ ކަމަށް އިންޖީނުގެ އިން މައުލުމާތުދިން އޮފިޝަލް ވިދާޅުވި އެވެ.
ވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަދީހު ވިދާޅުވި ތެޔޮލިބުމާއި ގުޅިގެން މިހާރު އެ ރަށަށް ކަރަންޓް ދޫކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ