ސުޕްރީމް ކޯޓުން ކުރާ އެއްވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވާނެ- ސަލާމަތީ ބާރުތައް
ސުޕްރީމް ކޯޓުން ކުރާ އެއްވެސް ޣައިރު ޤާނޫނީ އަމުރަކަށް ތަބާނުވާނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެވެ.ސަލާމަތީ ބާރުތަކުން މިހެން ބުނީ ދައުލަތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ދިވެހި އަސްކަރިއްޔާގެ ފަރާތުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ދިވެހި ގައުމު ނުރައްކާތެރި ހާލަތަކަށް ދިއުމަށް އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ ކަމަށާއި، ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރަމުން ގެންދާނީ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާޔާ އެއްގޮތަކަށް ކަމަށެވެ.ފުލުހުންގެ ފަރާތުން ވާހަކަ ދައްކަވަމުން މިވަގުތު ފުލުހުންގެ މުއައްސަސާއާއި ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ޤައުމުގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައްސަލަތަކުގައި ފުލުހުން ވެސް އަމަލުކުރާނީ ބަންޑާރަ ނައިބްގެ ލަފާގެ މަތިން ކަމަށާއި، ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފުވާ އެއްވެސް އަމުރަކަށް ދިވެހި ފުލުހުން އަމަލު ނުކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ