ކަރަޕްޝަން ނައްތާލެވޭނީ ޔާމީން ސަރުކާރުގެ ކަރަޕްޝަންތަކުގެ މައްސަލަތައް ބެލިގެން: އަބްދުﷲ ރިޔާޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކަރަޕްޝަންގެ މައްސަލަތައް ވި ވައުދުތައް ފުއްދުމަކީ ކަރަޕްޝަން ނައްތާލުމަށް ކުރެވޭނެ މުހިއްމު ކަންތައް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ ކަރަޕްޝަންތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދު ފުއްދެވުމަކީ ކަރަޕްޝަން ނައްތާލެއްވުމަށް އެމަނިކުފާނުގެ ސަރުކާރަށް ކުރެއްވޭނެ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ. 
RY ge sarukaarun koffavaa corruption thah ballavaanekamah vevadaigennevi vaudhu fuhdhevumakee corruption nahthaalehvumah Raees @ibusolih ge sarukaarah kurehveyne emme muhimmu masahkaiy! https://t.co/TC4xatDo2w
ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނެރުއްވާ ސަޕްލިމެންޓަށް، ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ސޯލިހު ވިދާޅުވީ ކޮރަޕްޝަންގެ ވަބާ ރާއްޖެއިން ފުހެލެވިގެން ނޫނީ ރައްޔިތުން އެދޭ ތަރައްޤީއާއި ކުރިއެރުން ރައްޔިތުންނަކަށް ހޯދައެއްނުދެވޭނެކަމަށާއި، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު އެއްކަމަކީ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ޖަވާބުދާރީކުރެވޭނެ ގޮތެއްގެ މަތިން ދެފުށްފެންނަ ގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ބައްޓަންކުރުން ކަމަށެވެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ