ސަމަރުބްލޫ އިބްރާހިމް މަނިކު ގާސިމް އިބްރާހިމަށް ތާއީދުކުރެއްވުމަށް ނިންމަވައިފި

ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކުރީގެ އިންފޮމޭޝަން މިނިސްޓަރުކަން ކުރެއްވި އިބްރާހިމް މަނިކު (ސަމަރުބްލޫ މަނިކު) ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ތާއީދުކުރެއްވުމަށް ނިންމަވައިފި އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަމަރުބްލޫ މަނިކު ގާސިމަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ޖުމްހޫރީ މާލަމުގައި ބޭއްވި ބައްދަލުކުރެއްވުމަކަށްފަހު އެވެ.
މި ބައްދަލުވުމުގައި ގާސިމް އިބްރާހިމާއި ޖުމްހޫރީ ގުޅުމުގެ އިސް ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ސަމަރުބްލޫ މަނިކު ޖުމްހޫރީ ޕާޓީއަށް ސޮއިނުކުރެއްވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ތާއީދުކުރައްވަން ނިންމަވާފައިވަނީ ގާސިމް އިބްރާހިމަށާއި ރަނިން މޭޓް ޑރ. ހަސަން ސައީދަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ސަމަރުބްލޫ މަނިކު ގާސިމަށް ތާއީދުކުރައްވަން ނިންމެވިއިރު ޕީޕީއެމުން ވަކިވެ ވަޑައިގެންނެވި ރައީސް މައުމޫން ސަރުކާރުގައި ގިނަ ހިދުމަތްތަކެއް ކުރެއްވި ނިޝާން އިއްޒުއްދީނުގެ އިތްޒަތްތެރި ވެރިޔާ އިލްޔާސް އިބްރާޙިމް ވެސް ވަނީ މީގެކުރިން ގާސިމަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އިލްޔާސް އިބްރާހިމް އެގޮތަށް ނިންމަވާފައިވަނީ ޖޭޕީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމަކަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ