ރާއްޖޭގެ އެކި ސަރަހައްދުތަކުން ހޮވާލެވޭ 20 ރަށަކީ، އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދޭ ރައްތަކަކަށް ހައްދަވާނޭ ކަމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
މިއަދު ގއ ކޮލަމާފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަފުޅު ދައްކަވަމުން މިނިސްޓަރ ޑރ ޝަކީލާ ވިދާޅުވީ، ރާއްޖެއަކީ އިޔާދަކުރަނިވި ހަކަތައިން ރަން މެޑަލް ހޯދާނެ ގައުމަކަށް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ބޭރުގެ އެކި ގައުުމުތަކުން ބައިވެރިވި ބިޑެއްގައި ރާއްޖެއިންވެސް ބައިވެރިވެ، އެބިޑް ކާމިޔާބު ކޮށްގެން 30 މިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާކަަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.
މިފައިސާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުން 20 ރަށެއް ހޮވައި އެ 20 ރަށަށް އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ކަރަންޓް ފޯރުކޮށްދެއްވާނެ ކަމަށްވެސް ޑރ ޝަކީލާ ވިދާޅުވިއެވެ.
މިނިސްޓަރ ޑރ ޝަކީލާ ވިދާޅުވީ، ރާއްޖޭގެ ރައްރަށުގެ ކަރަންޓާއި ކުނީގެ މައްސަލައާއި ނަރުދަމާގެ އިތުރުން ރައްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންނަމަވެސް ކުރިން ވެރިކަން ކޮށްފައިވާ ފަރާތަކުން ބައެއް އެހީތައް ރާއްޖެއަށް ބަލައިގެންއިރު، އެހެންބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ އެބަޔަކަށް އެއެހީ ނުދިނުމަށް ގޮވަމުން ދިއުމުގެ ސަބަބުން ބޮޑު 3 ޕްރޮޖެކްޓެއް އެހީ އަބުރާ ނަގާފައިވާ ކަމަށް ޝަކީލާ ވިދާޅުވިއެވެ. އަދި މިހާރުވެސް އެޕްރޮޖެކްޓްތައް އޮތީ ހުއްޓިފައިކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.
މިފަދަ އަމަލުތައް ބަޔަކު ހިންގަމުންދިޔަ ނަަމަވެސް ގައުމާއިގެން އެއްވެސް ފަސްޖެހުމެއްނެތި ކުރިޔަށް ވަޑައިގަންނަވާނެ ކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.
ރާއްޖޭގެ 20 ރަށެއް އިޔާދަކުރަނިވި ހަކަތައިން ކަރަންޓް އުފެއްދޭ ރައްތަކަކަށް ހަދާނަން: ޑރ، ޝަކީލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ