މޫނު ފޮރުވައިގެން އުޅުން ލަންކާ ގައި މަނާކޮށްފި

ހޯމަ ދުވަހުން ފެށިގެން ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ސްރީލަންކާ ގައި އުޅުން މަނާކޮށްފިއެވެ.
 ލަންކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން އުޅުމަކީ ހޯމަ ދުވަހުން ފެށިގެން މަނާ ކަމެއް ކަމަށެވެ. 
ރައީސް ސިރިސޭނާގެ މިނިންމުން ނިންމާފައިވަނީ މޫނު ބުރުގާ އެޅުން ލަންކާގައި މަނާ ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ޕާލެމެންޓަށް ހުށައަޅައި، އަދި އެކަމާއި ބެހޭ ގޮތުން ސަރުކާރުގެ ތެރޭގައި ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.  
ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް އާދިއްތަ ދުވަހު ދިން ހަމަލާގައި ގިނަ އަންހެނުންތަކެއް ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާއިރު މޫނު ބުރުގާ މަނާ ކުރުމަށް ވަޒީރުންގެ މަޖިލީހުން ރައީސް މައިތިރިޕާލަ ސިރިސެނާއަށް ލަފާ އަރުވާފައިވާ ކަމަށް ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާއި ހަވާލާދީ ބައެއް ރިޕޯޓްތައް ބުނެއެވެ.
ލަންކާގެ އަބާދީގެ 9.7 ޕަސެންޓަކީ މުސްލިމުންނެވެ. ލަންކާގެ މުސްލިމުންގެ އަދަދަކީ 1.9 މިލިއަނެވެ. މުސްލިމުން އެންމެ ގިނައީ އަމްޕާރަ ޑިސްޓްރިކްޓްގައެވެ. ދެހާސް ބާރަވަނަ އަހަރުގެ ބޯހިމެނުން ދައްކާ ގޮތުން އަމްޕާރަ ޑިސްޓްރިކްޓްގެ 43 ޕަސެންޓަކީ މުސްލިމުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ