ޕީއެންސީގެ އެސްޖީ ކަމަށް ގީލާ އަލީ ހަމަޖައްސައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ގީލާ އަލީ ހަމަޖައްސައިފިއެވެ.
ސެކެޓްރީ ޖެނެރަލް ކަމަށް ގީލާ އަލީ އައްޔަން ކުރެއްވީ މިއަދު ބޭއްވި ޕީއެންސީގެ ފުރަތަމަ ރަސްމީ ކައުންސިލުގެ ބައްދަލުވުމުގައެވެ. އެކަން ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ގީލާ އަލީ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ ބައެއް މަގާމުތައް ފުރުއްވާފައެވެ. ގީލާ ވަނީ ނިމިގެންދިޔަ މަޖިިލިސް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ