"ފޯޓްނައިޓް" ގެ އާ ސީޒަން ރިލީޒްކުރުން ފަސްކޮށްފި

ގިނަ ބައެއްގެ މެދުގައި މަގުބޫލު ވީޑިއޯ ގޭމް "ފޯޓްނައިޓް" އާ ސީޒަން ރިލީޒްކުރުން ދެ ހަފުތާއަށް ވެފައި ވަނިކޮށް އެކަން ފަސްކޮށްފި އެވެ.
އެ ގޭމް ނެރޭ އެޕިކް ގޭމްސް އިން ބުނީ "ފޯޓްނައިޓް" ގެ ތިން ވަނަ ސީޒަންގެ "ޗެޕްޓާ 2" ރިލީޒްކުރުން އަންނަ ޖޫން މަހާ ހަމައަށް ފަސްކޮށްފައިވާ ކަމަށެވެ. މި ބަދަލު ގެނައީ ކޮރޯނާވައިރަހުގެ މި ބަލިމަޑުކަމުގެ ތެރޭގައި ނުނެރެން ވެގެންނެވެ.
Chapter 2 - Season 2 has been extended.Plenty more coming this season: fresh gameplay, new Challenges, bonus XP & more!Additional info here: https://t.co/H5Obesm3qf— Fortnite (@FortniteGame) April 14, 2020
ކުރިން ނިންމާފައި އޮތީ ދުނިޔޭގެ އެންމެ މަގުބޫލު ވީޑިއޯގެ ގޭމްގެ "ޗެޕްޓާ 2" މި މަހުގެ 30 ގައި ނެރޭށެވެ. ނަމަވެސް އެޕިކުން ބުނީ ތާރީހު މިހާރު ޖޫން 4 އަށް ފަސްކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ އާ ސީޒަންވެގެން ދާނީ ހުރިހާ ގޮތަކުން ވެސް ވަރަށް ޝައުގުވެރި އަދި އުންމީދު ވެސް ނުކުރާ ކަހަލަ ގިނަ ސަޕްރައިޒްތަކެއް ވެސް އެކުލެވޭ ސީޒަނަކަށް ކަމަށާއި ފަހުގެ މައުލޫމާތުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރަމުން ދާނެ ކަމަށެވެ.
މިހާރު 250 މިލިއަނަށް ވުރެ ގިނަ މީހުން ކުޅޭ "ފޯޓްނައިޓް" އަކީ ޖުލައި 21، 2017 ގައި ނެރުނު އޮންލައިން ގޭމެކެވެ. މި ގޭމަކީ ހަނގުރާމައިގެ މައިދާނަކަށް ކުޅުންތެރިން ގެންގޮސްދޭ ގޭމެކެވެ.
"ފޯޓްނައިޓް" ގެ އާ ސީޒަން ނެރުން ފަސްކުރި އިރު، ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ކޮންފަރަންސް އިލެކްޓްރޯނިކް އެންޓަޓައިންމަންޓް އެކްސްޕޯ (އީ3) ކޮވިޑް-19އާ ހެދި މި އަހަރު ނުބާއްވަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ