ރަށްތައް ދިނީ ދިވެހި ރައްޔިތުންނަށްޓަކާ: ގާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގުރޫޕުން ރިސޯޓް ހިންގަމުން އަންނަ ދެ ރަށް ކަރަންޓީން ފެސިިލިޓީއަށް ސަރުކާރަށް ދިނީ ދިވެހި ރައްޔިތުންނާއި ގައުމުގެ ސަލާމަތަށްޓަކައި ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކަރަންޓީން ފެސިލިޓީއަށް އިތުރު ތަންތަން ބޭނުނުންވާކަން ވިދާޅުވުމާ ގުޅިގެން ވިލާ ގުރޫޕުން ރިސޯޓް ހިންގަމުންދިޔަ ރަށްތަކުގެ ތެރެއިން ފަން އައިލެންޑް އަދި ހޮލިޑޭ އައިލެންޑް ރިސޯޓް ވަނީ ކަރަންޓީ ފެސިލިޓީއަށް ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އެތަންތަށް ހަވާލުކުރީ އެއްވެސް އަގަކާ ނުލާކަމަށް ފާހަގަކުރެއްވިއެވެ.
ކަރަންޓީން ފެސިލިޓީއަށް ރަށްތައް ހަވާލުކުރީ އެ ރިސޯޓްތަކުގައި ތިބި ފަތުރުވެރިން އެކުންފުނީގެ ފަރާތުން ހިންގަމުންއަންނަ ޕެރަޑައިސް އައިލެންޑް ރިސޯޓަށް ބަދަލްކުރުމަށްފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ