ކޮރޯނާ ވައިރަސް: ހައިޑްރޮކްސިކުލޮރޯކުއައިން ބޭނުންކުރަން ބާރު ނޭޅުމުން މަގާމު ދަށްކޮށްފި

ކޮރޯނާ ވައިރަސްއަސް ފަރުވާ އެއްގެ ގޮތުގައި ހައިޑްރޮކްސިކުލޮރޯކުއައިން ބޭނުންކުރަން ބާރު ނޭޅުމުން އެމެރިކާގެ ހެލްތު އޮފިޝަލެއްގެ މަގާމު ދަށްކޮށްފި އެވެ. ހައިޑްރޮކްސިކުލޮރޯކުއައިން އިން އަކީ ކޮރޯނާއަށް ފަރުވާ ދިނުމަށް ބޭނުންކުރެވިދާނެ ބޭހެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން އެ ބޭސް ބޭނުންކޮށްފައި ވަނީ މެލޭރިއާ ބައްޔަށް ފަރުވާ ކުރުމަށެވެ. ފެޑެރަލް ގަވަމަންޓްގެ ކޮރޯނާ ވައިރަސް ވެކްސިން ޑިވޮލޮޕްމަންްޓްގެ ކުރީގެ ޑައިރެކްޓަރު ޑރ. ރިޗާޑް ބްރައިޓް ވިދާޅުވީ ހައިޑްރޮކްސިކުލޮރޯކުއައިންއަކީ ފަރުވާއެއް ކަމަށް ޓްރަމަޕް ޕްރޮމޯޓް ކުރެއްވިޔަސް އެކަމުގައި ސައިންޓިފިކް ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އެ ބޭސް ބޭނުންކުރުން ލިމިޓްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަރައިޓް ވިދާޅުވީ ސައިންޓިފިކް ހެއްކެއް ނެތް ބޭހެއް އެމެރިކާގެ ރައްޔިތުންނަށް ދޭން ބޭނުންނުވާ ކަމަށެވެ. އޭގެ އިތުރުން އެ ބޭސް ބޭނުންކުރި މީހުންނަށް ތަފާތު ސައިޑް އިފެކްޓްސްއާ ކުރިމަތިވެ ބައެއް މީހުން މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޑިޕާޓްމަންޓް އޮފް ހެލްތު އެންޑް ހިއުމަން ސާވިސާސްގެ ބަޔޯމެޑިކަލް އެޑްވާންސް ރިސާޗް އެންޑް ޑިވޮލޮޕްމަންޓް އޮތޯރިޓީހެ ހެޑަކަށް އުޅުއްވި ބްރައިޓް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ ނެޝެނަލް އިންސްޓްޓިއުޓްގެ މަގާމަކަށް ދަށްކޮށްފަ އެވެ. ބްރައިޓް ވަނީ އޭނާގެ މަގާމު ދަށްކުރި މައްސަލައިގައި ހެލްތު އެންޑް ހިއުމަން ސާވިސާސް އިންސްޕެކްޓާ ޖެނެރަލްއަށް ހުށަހަޅުއްވައިފައެވެ.އެކަމާ ގުޅޭ ގޮތުން މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ ބްރައިޓް ނުވެސް ދަންނަ ކަމަށެވެ.މަސްދަރު: ނިއުޔޯކް ޑެއިލީ ނިއުސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ