އައްޑޫ ރައްޔިތުން ވޯޓް ދޭނީ ވައްކަމާއި އަނިޔާއާއި ދެކޮޅަށް: އިބޫ

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓް ދޭނީ އަނިޔާއާއި ވައްކަމާއި ދެކޮޅަށްކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް، އިބޫ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން މީޑިއާއާއި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އައްޑޫ ރައްޔިތުން ރައީސް ޔާމީނާއި ދެކޮޅަށް ދޭ ވޯޓަކީ ވައްކަމާއި އަނިޔާއާއި ދެކޮޅަށް ދޭ ވޯޓެއްކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވާނެ ކަމުގައެވެ.
އައްޑޫ ސިޓީއަށް އިބޫއާއި ކެމްޕެއިން ޓީމުން މިއަދު ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު އިބޫ މިއަދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން އައްޑޫ ތަރައްޤީ ކުރުމަށް ކުރަންފެށި މަސައްކަތްތައް މިހާރު ހުއްޓާލާފައި އޮތް ނަމަވެސް ދެން އުފެދޭ ސަރުކާރެއްގައި އެ މަސައްކަތް އަލުން ފަށައިގަންނާނެ ކަމުގައެވެ.
އިބޫ މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީއަށްވެސް ވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ