ހދ. ހިރިމަރަދޫ އަވަށު އޮފީސް ހިންގުމަށާއި އެ ރަށުގެ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ފައިސާ (ބްލޮކް ގްރާންޓް) ސަރުކާރުން މިހާތަނަށް ދޫކޮށްފައި ނުވާތީ، ހދ. ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހި، ހަނިމާދޫގެ ތަރައްގީގެ މަޝްރޫއުތަކާއި ރަށްވެހި ހިދުމަތްތައް ހުއްޓިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.
ހަނިމާދޫ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމާ އެއްގޮތަށް ހިރިމަރަދޫގެ ބްލޮކް ގްރާންޓް ހަނިމާދޫ ކައުންސިލަށް ދޫކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އެ ފައިސާ ސަރުކާރުން ދޫކުރާނެ އެއްވެސް އަލިމަގެއް މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ހިރިމަރަދޫގެ ބަޖެޓު ހަނިމާދޫ ކައުންސިލަށް ދޭނެ ކަމަށް ބުނި ނަމަވެސް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަދިއަދަށްދާންދެން ވެސް އެ ބަޖެޓު ދޫކޮށްފައެއް ނުވޭ. ރައީސް އޮފީހުން ގަރާރަކުން ބޮޑު އަމުރެއް ކޮށްފައި އޮތް ނަމަވެސް، ކަމާބެހޭ މުއައްސަސާތަކުން އެއްވެސް އެއްބާރުލުމެއް ނުދޭ ކަމަށް ހަނިމާދޫ ކައުންސިލުން ބުނޭ.
ހަނިމާދޫ ކައުންސިލުން ވަނީ ނިމިދިޔަ މޭ މަހު ހިރިމަރަދޫ އަވަށު އޮފީހުގެ ބޭނުންތަކަށް ހަނިމާދޫގެ ބަޖެޓުން ކުރި ހަރަދުތަކުގެ ތަފްސީލް ވެސް އާންމުކޮށްފަ އެވެ. އެގޮތުން ޖުމްލަ 267,780.43 ރުފިޔާ ހަނިމާދޫގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި؛
ކޮންމެ މަހަކު މި ވަރަށް ހަރަދުކުރާނަމަ އަހަރަކަށް 3.2 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ހިރިމަރަދޫގެ އަސާސީ އަދި ރަށްވެހި ހިދުމަތްތައް ދިނުމަށް ހަރަދު ކުރަން ޖެހޭނީ ހަނިމާދޫ ރައްޔިތުންނަށް ކަނޑައެޅިފައިވާ ބަޖެޓުންނެވެ. މިކަމުގެ ސަބަބުން ހަނިމާދޫ ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ލަސްވުން ނުވަތަ ބައެއް ހިދުމަތްތައް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
"ހަނިމާދޫގެ ތަރައްގީއަށް މިކައުންސިލުން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުން ނުވަތަ މަޑުޖައްސާލުމަށް ޖެހިދާނެކަންވެސް ހިތާމަޔާއެކު ފާހަގަކުރަން،" ހަނިމާދޫ ކައުންސިލްގެ ބަޔާނުގައި ވެއެވެ.
"[ހިރިމަރަދޫގެ] ހަރަދުތައް ހަނިމާދޫ ރައްޔިތުންގެ ބަޖެޓުން ކުރަންޖެހޭތީ، މިކަމަށްޓަކައި ހަނިމާދޫ ރައްޔިތުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،"
ހަނިމާދޫގެ މަޝްރޫއުތަކާއި ހިދުމަތްތަކަށް ދަތިތައް ކުރިމަތިވެދާނެކަމުގެ ބިރު އޮތްއިރު، ބްލޮގް ގްރާންޓު ނުލިބޭ ނަމަ ހިރިމަރަދޫގެ ބައެއް ކަންކަމަށް ވެސް އެކަމުގެ އަސަރު ކުރާނެ ކަމަށް ހަނިމާދޫ ކައުންސިލުގެ ރައީސް އަލީ އިބްރާހިމް ކުރިން ވިދާޅުވެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުވަތަ ފިނޭންސް މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ހިރިމަރަދޫއަށް ހަރަދުކުރަން ޖެހޭތީ ހަނިމާދޫގެ ތަރައްގީ ހުއްޓުމުގެ ބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ