ކްރިސްޓަލް ސިމްފަނީން މިފަހަރު ރާއްޖެއަށް 500 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރަމުން އަންނަ ކްރޫޒްލައިނާއެއްކަމަށްވާ، "އެމްއެސް ކްރިސްޓަލް ސިންފަނީ" އިން މިފަހަރު ރާއްޖެއަށް 500 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.
ކްރިސްޓަލް  ސިންފަނީއަކީ ރާއްޖެއަށް އާއްމުކޮށް ބަނދަރުކުރާ ކްރޫޒްލައިނާއެކެވެ. އިމިގްރޭޝަނުން ބުނީ އެ ކްރޫޒްލައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 577 ފަތުރުވެރިންނާއި، 496 ކްރޫއިންނަށް ކްލިއަރަންސް ދީފައިވާކަމަށެވެ. މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ކޮލަމްބޯއިންނެވެ.
ކްރިސްޓަލް ސިންފަނީ މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ، މާޗްމަހުގެ ތެރޭގައެވެ. އެފަހަރު 307 ފަތުރުވެރިންގެ އިތުރުން 477 ކްރޫއިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އޭގެ ކުރިން އެ ކްރޫޒް ލައިނާ ވަނީ އެއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައިވެސް ރާއްޖެ އައިސްފައެވެ.
މިދިޔަ އަހަރުވެސް އައު އަހަރާ ދިމާކޮށް ކްރޫޒްލައިނާތަކުން ރާއްޖެއަށް 5 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ