ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ ގުޅޭ އެއްވެސް މައްސަލައެއްގެ ތަހުގީގެއް ފުލުހުން ކުރިއަށް ނުގެންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
އެކަން ކަށަވަރުކޮށް ދެއްވީ މިނިސްޓަރުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލަވުމުގައި ފުލުހުން ތަހުގީގު ކުރަނީ ނާޒިމާ ގުޅޭ ކޮން މައްސަލައެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން އިހްސާން ވިދާޅުވީ ނާޒިމާ ގުޅޭ އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގުކުރާ ކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައްތަކާ ބެހޭ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އިން ނާޒިމު މި މަހުގެ 21 ގައި ވަކިކޮށްފައިވާ އިރު، އޭނައާ ގުޅޭ އިންޓެލިޖެންސް ރިޕޯޓެއް ފުލުހުން އެކުލަވާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ނާޒިމްގެ މައްސަލައެއް ފުލުހުން ނުބަލާ: އިހްސާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ