ބޮންޑު މުއާމަލާތުގެ މައްސަލައިގައި ޕެންޝަން އޮފީހުގެ މުވައްޒަފުން ފުލުފުލުގައި އިސްތިއުފާ ދެނީ

ޕެންޝަން ފަންޑުން ކުރިން ގަނެފައި ހުރި 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލު ވިއްކާލައިގެން ލިބޭ ފައިސާ ސަރުކާރުން ވިއްކާ އެ އަގުގެ ބޮންޑަކަށް އިންވެސްޓުކުރާ މައްސަލައިގައި ޕެންޝަން އޮފީހުގެ އެގްޒެކެޓިވް ފަންތީގެ މުވައްޒަފަކާއި ސީނިއާ މެނޭޖުމަންޓު ފަންތީގެ ދެ މުވައްޒަފަކު މިއަދު އިސްތިއުފާ ދީފި އެވެ. 
އަދަދު އަށް މިހާތަނަށް ކަށަވަރުކުރެވިފައިވާ ގޮތުގައި ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު، އަބްދުالله ފިކުރީ އާއި އިންވެސްޓްމަންޓް އެންޑް ރިސާޗު ޑިރެކްޓަރު، އައިމިނަތު އިރުތިޔާޝާ އާއި ހެޑް އޮފް އިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސާވިސަސް، ހައިފާ އަހުމަދު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. މިއާއެކީ މި މައްސަލައިގައި ޕެންޝަން އޮފީހުން އިސްތިއުފާ ދިން އިސް މުވައްޒަފުންގެ އަދަދު ވަނީ ފަހަކަށް އަރާފަ އެވެ. މީގެ ކުރިން އެ އޮފީހުގެ ސީއީއޯއަކަށް ހުންނެވި ސުޖާތާ ހަލީމް އާއި ސީއެފްއޯ ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. 
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
MU STORE
ޕެންޝަން އޮފީހުގެ އިސް މުވައްޒަފުންތަކެއް އިސްތިއުފާ ދެމުން އަންނައިރު، އެކި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދެނީ މިއަދުގެ ވަގުތެއްގައި ބޮންޑު މުއާމަލާތުގެ ހުރިހާ ކަމެއް ފުރިހަމަ ކުރާނެ ކަމަށެވެ. މިކަން ކުރަނީ ސަރުކާރު މުވައްޒަފުންގެ މުސާރަތަކާއި އެހެން ބައެއް ހަރަދުތައް ހަމަޖައްސަން ކޮންމެހެން ވެސް ފައިސާ ބޭނުންވެގެން ކަމަށް މި ނޫހަށް މައުލޫމާތު ދިން ސިއްރު މަސްދަރަކުން ބުންޏެވެ. 
ސަރުކާރުން ވިއްކާ ބޮންޑު ގަންނަން ބޭނުންވާ ފައިސާ ޕެންޝަން ފަންޑުން ހޯދީ ކުރިން ގަނެފައި ހުރި ޓީބިލުތަކެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލައިގެންނެވެ. މި ބޮންޑަކީ މީގެ ކުރިން ސަރުކާރުން ވިއްކާފައި ނުވާ ބާވަތުގެ ރިވާސް ޑުއަލް ކަރަންސީ ބޮންޑެކެވެ. ޕެންޝަން އޮފީހުން މި ބޮންޑަށް ދިވެހި ރުފިޔާއިން އަގު ދެއްކިޔަސް ޕެންޝަން ފަންޑަށް ރުފިޔާ އާއި ޑޮލަރުން ފައިދާ ލިބެ އެވެ.
ޕެންޝަން އޮފީހުން ބުނާ ގޮތުގައި މި މުއާމަލާތާކީ ޕެންޝަން ފަންޑާއި ޕެންޝަން ފަންޑުގެ މަސްލަހަތުވެރިންނަށް ގިނަ ފައިދާތަކެއް ކުރާނެ އިންވެސްޓްމަންޓެކެވެ. އޭގެ ތެރޭގައި ޕެންޝަން ފަންޑުގެ އިންވެސްޓުމަންޓުތައް ސިންދަފާތުކުރެވުމާއި، ޑޮލަރުގެ ރިޒާވެއް އުފެއްދުމާއި، އިންވެސްޓުމަންޓުން ފައިދާ ލިބޭ މުއްދަތު އިތުރުކުރެވުން އެ އޮފީހުން ފާހަގަކުރެ އެވެ.
މިހެން ނަމަވެސް ޕެންޝަން އޮފީހުން އިސްތިއުފާ ދިން ޗެއާޕާސަން އަހުމަދު އިނާޒާއި ބޯޑު މެންބަރު އަހުމަދު ސަރުވަޝް އާދަމް ހިމެނޭހެން ގިނަ ބަޔަކު ބުނަނީ މިއީ ޕެންޝަން ފަންޑަށާއި އިގުތިސޯދަށް ގެއްލުން ބޮޑު މުއާމަލާތެއް ކަމަށެވެ. އަދި މިއީ ގާނޫނުގައި ހުރި ބާގަނޑުތަކެއް ހޯދައިގެން ޕެންޝަން ފަންޑު ބައްސައިގެން ސަރުކާރާއި އެމްއެމްއޭއިން ހިންގާ ފައިސާ ޗާޕުކުރުމުގެ މުއާމަލާތެއް ކަމަށް ގިނަ ހަބީރުން އެއްބަސްވެ އެވެ. 
ޕެންޝަން ފަންޑަށް ވަދެފައިވާ ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ 70 ޕަސެންޓު މިހާރު ވެސް އިންވެސްޓުކޮށްފައި ހުރީ ސަރުކާރުގެ ސެކިއުރިޓީތަކަށެވެ. 
މިދިޔަ އަހަރަށް ބަލާ ކަމުގައި ވަނީ ނަމަ އެ އަހަރުގެ ތެރޭގައި ފަންޑުގެ ބައިވެރިން ފަންޑަށް ޖަމާކުރި 1.9 ބިލިއަން ރުފިޔާ އާއި ފައިދާގެ ގޮތުގައި ވަން 1.2 ބިލިއަން ރުފިޔާ ހިމަނައިގެން 3.1 ބިލިއަން ރުފިޔާ ފަންޑަށް ވަނެވެ. މީގެ ތެރެއިން 2.7 ބިލިއަން ރުފިޔާ އިންވެސްޓުކުރިއިރު، ބޮޑު ބައި އިންވެސްޓުކުރީ ސަރުކާރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ