ފުލުހުން ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވިފައިވާތީ ސައިކަލުގެ ވެރިފަރާތަށް 82،000 ރުފިޔާ ބަދަލުގެ ގޮތުގައި ދޭން ފުލުހުންގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އޭޕްރީލް، 2022 ގައި ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން ފުލުހުން ޓޯކުރި ސައިކަލެއް ހުޅުމާލޭ ޓޯ ޔާޑުގައި ހުއްޓާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނުމުން ސައިކަލުގެ ވެރިފަރާތުން ފުލުހުންނާ ދެކޮޅަށް ދައުވާކުރީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ކޯޓުގައި ދައުލަތުން ވަނީ އެ ސައިކަލު އޮޅިގެން ނައްތާލެވިފައިވާ ކަމަށް ބުނެފަ އެވެ.
ކޯޓުގެ ހުކުމުގައިވަނީ ސައިކަލުގެ އަގު ކަމަށްވާ 57،000ރ. އާއި ސައިކަލުގެ ވެރިފަރާތުން އެ މައްސަލާގައި ވަކީލަށް ހަރަދު ކުރަން ޖެހުނު 25،000ރ. އާ އެކު ޖުމްލަ 82،000ރ. ދައުލަތުން ސައިކަލުގެ ވެރިފަރާތަށް ދައްކަން ޖެހޭނެ ކަމަށެވެ. އަދި އެ ފައިސާ ހަތް ދުވަސް ތެރޭގައި ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.
އެ މައްސަލާގައި ޕިއުނިޓިވް ޑެމޭޖަސްގެ ގޮތުގައި 19،000ރ. ނަގައިދޭން އެދުނަސް ކޯޓުގެ ހުކުމުގައިވަނީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ. ސަބަބަކީ އެ ބާވަތުގެ ބަދަލަކީ ގަސްދުގައި ކުރާ ކަންކަމަށް ނަގައިދޭ ބަދަލެއް ކަމަށްވާއިރު، އެ މައްސަލާގައި ސައިކަލު ނައްތާލެވުނީ އޮޅިގެން ކަމަށް ވާތީ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ފުލުހުންގެ ޓޯކުރި ކާރެއް އުސޫލާ ހިލާފަށް ނައްތާލި މައްސަލައެއްގައި ކާރުގެ އަސްލު އަގު ކަމަށްވާ 250،000ރ. ބަދަލެއްގެ ގޮތުގައި ދޭން ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރި އެވެ. އޭރު ބަދަލު ދޭން ޖެހުނީ ކާރު ޓޯކުރި ކަން އިއުލާން ކުރުމުގެ ކުރިން ކާރު ނައްތާލާފައިވާތީ އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
ޓޯކުރި ސައިކަލެއް އޮޅިގެން ނައްތާލެވުމުން ބަދަލުގެ ގޮތުގައި 82،000 ރުފިޔާ ދޭން ޖެހިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ