މާވުރުލު އެއާޕޯޓަށް ޕަސެންޖަރުން އުފުލަން އެންބިއުލަންސް އެއް ހޯދައިފި

މާވުރުލު އެއާޕޯޓަށް ޕަސެންޖަރުން އުފުލުމަށްޓަކައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން އެންބިއުލަންސް އެއް ހޯދައިފިއެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އޮޕަރޭޓް ކުރަމުން އަންނަ މާވަރުލު އެއާޕޯޓަށް ގާތްގަނޑަކަށް 4 އަހަރު ފުރިފައިވާއިރު، މީގެ ކުރިން މި އެއާޕޯޓުގައި ބަލި މީހުން އުފުލުމަށް ބޭނުން ކުރަމުން އައީ ޕިކަޕެކެވެ. 
ރީޖަނަލް އެއާޕޯޓްސް އިން ބުނީ، އަލަށް ގެނެވުނު އެމްބިއުލެންސާއި އެކު، މާވަރުލުން ފުރަން އަންނަ އަދި އެއާޕޯޓަށް އެރައިވްވާ ބަލިމީހުން އުފުލުމުގައި އިތުރު ރައްކާތެރިކަމަކާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
މާވަރުލު އެއާޕޯޓަކީ މީހުން ދިރިއުޅޭ ރަށަކާއި ކައިރީގައި އޮންނަ އެއާޕޯޓަކަށް ނުވާތީ، އެތަނުގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ފަދަ އެމްބިއުލެންސް ތައް ބޭނުން ނުކުރާކަން ފާހަގަކޮށް، އެކުންފުނިން ބުނީ ބަލި މީހާއަށް ލިބެން ޖެހޭ ފަރުވާ ލިބުމުގައި މި އެމްބިއުލެންސް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ