ހދ. ވައިކަރަދޫއަށް ޖަނަރޭޓަރެއް ގެންގޮސް ކަރަންޓް ދޭން ފަށައިފި އެވެ.
ވައިކަރަދޫ އަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ ވައިކަރަދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެ ރަށަށް ގެންދިޔަ 250 ކިލޯވޮޓުގެ ޖަނަރޭޓަރު ބަހައްޓައި މުޅި ރަށަށް ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.
ވައިކަރަދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓުގެ ހިދުމަތް ދޭން ފަށާފައި މިވަނީ އެ ރަށަށް ރަނގަޅަށް ކަރަންޓް ނުލިބޭތާ ހަތް ދުވަސް ފަހުންނެވެ.
ވައިކަރަދޫ އިން ކަރަންޓް ކެނޑި ރައްޔިތުން އުފުލި ތަކުލީފްތަކާ ގުޅިގެން ފެނަކަ އިން ކުރިން ވަނީ މައާފަށްވެސް އެދިފަ އެވެ.
ވައިކަރަދޫއަށް ޖަނަރޭޓަރު ގެންގޮސް ކަރަންޓް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ