ރައީސް އޮފީހުގެ ޕްރެސްއަށް ފޯނު ވެއްދުން މަނާކޮށްފައި ހުއްދަދީފި

ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނަކީ މުހިންމު އާލާތެކެވެ. އެގޮތުން ވަގުތުން ސުވާލުކުރުމާ ކަންކަން ސާފު ކުރުމަށް ރިސާޗް ހެދުން ފަދަ ކަންކަން ކުރުމަށް ފޯނު މުހިންމުވެ އެވެ.
ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަށް މިއަދު ފޯނު ވެއްދުން މަނާ ކުރުމަށް ފަހު އެ ހުއްދަ ދީފި އެވެ.
ފޯނު ނުވެއްދޭނެ ކަމަށް ނޫސްވެރިންނަށް ރައީސް އޮފީހުން އަންގާފައި ވަނީ މިއަދު އެ އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ހާޒިރު ވުމުންނެވެ. ފޯނު ނުވެއްދޭނެ ކަމަށް އެންގުމުން ނޫސްވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ.އެހެންވެ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުން ފޯނު ވައްދަން ހުއްދަ ދިނެވެ. ނަމަވެސް ދެން އޮންނަ ބައްދަލުވުންތަކަށް ފޯނު ނުވެއްދޭނެ ކަމަށް ވަނީ އަންގާފަ އެވެ. އެގޮތަށް ނިންމީ ސަލާމަތީ ސަބަބުތަކަށްޓަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ."އެއީ އަޅުގަނޑުމެންނަށް އޭގަ ސޭއެއް އޮންނަ ކަމެއް ނޫން. އެއީ އެމްއެންޑީއެފުން ކުރިއަށް ގެންދާ ކަމެއް. އެހެންވީމަ ކުރިއަށް އޮތް ތަނުގަ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މައްސަލަ ތަކުރާރު ނުވާނެ ގޮތަކަށް ކުރިއަށް ގެންދެވޭތޯ ހުރިހާ ނޫސްވެރިންނަށް ވެސް ދަންނަވަން،" އެކަމާ ގުޅޭ ގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި އެވެ.ނޫސްވެރިންގެ ބައްދަލުވުންތަކުގައި ފޯނަކީ މުހިންމު އާލާތެކެވެ. އެގޮތުން ވަގުތުން ސުވާލުކުރުމާ ކަންކަން ސާފުކުރުމަށް ރިސާޗް ހެދުން ފަދަ ކަންކަން ކުރުމަށް ފޯނު މުހިންމުވެ އެވެ.މިއީ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުން އެންގި ފުރަތަމަ ފަހަރެވެ. އާންމު އުސޫލެއްގެ ދަށުން މީގެ ކުރިން އެ އޮފީހުން އަމަލު ކުރާ ގޮތަކީ ހަމައެކަނި ނޫސްވެރިޔާގެ ސެކިއުރިޓީ ޗެކު ކުރުމެވެ. އެގޮތުން ދަބަހެއް އޮތްނަމަ އެ ދަބަސް ސްކޭން ކުރެ އެވެ. ނަމަވެސް މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮތް ގޮތުން ފޯނު ވެއްދުން މަނާކޮށްފައިވާ ކަމަށް އެ އޮފީހުން ވަނީ އަންގާފަ އެވެ. އަދި އެގޮތަށް އަމަލުކުރަން ފެށިތާ ދެ މަސް ވެފައިވާ ކަމަށް ވެސް އަންގާފައިވެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ