މިރޭ ފަރުކޮޅުފުށީގައި 3 މިނެޓަށް ހަވާ އަރުވަނީ

މިރޭ ފަރުކޮޅު ފުށީގައި 3 މިނެޓަށް ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ފަރުކޮޅުފުށީގައި މިރޭ 9:30ގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ.
ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހަވާ އެރުވުމުގެ އިވެންޓެއް ކުރިއަށް ގެންދަނީ ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ" އިންނެވެ. ސިފްކޯއިން މީގެ ކުރިން ވެސް ވަނީ ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.
އެގޮތުން ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލެގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް މީގެ ކުރިން ވަނީ ހަވާ އަރުވާފައެވެ.
އެންމެ ފަހުން އެންމެ ދިގުކޮށް (10 މިނެޓް) އަށް ހަވާ އަރުވާފައި ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ދިވެހި އެތުލީޓުން ބައިވެރިވެ ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައެވެ.
އައިއޯޖީގެ އިވެންޓުގައި ރާއްޖޭގެ އެތްލީޓުން ރަނގަޅު ކާމިޔާއެއް ހޯދާފައި ވާ އިރު އެ އުފަލުގައި ދިވެހިން ވަނީ ބައިވެރިވެފައެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި އެކި އެކި މުނާސަބަތުތަކާ ދިމާކޮށް އެމްއެންޑީއެފް އިން ހަވާ އަރުވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ