އިއްޔެ ނިޔާވި ހ. މިރިހި، މަރްޙޫމް ޙުސައިން ޝަރީފަކީ ނިކަމެތިންނަށާއި ޖަމާޢަތަށް އެހީތެރިވި ޚިދުމަތްތެރި ބޭފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޝަރީފް ނިޔާވި ހިތާމައިގާ ބައިވެރިވެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މަރުޙޫމް ޙުސައިން ޝަރީފަކީ ވިޔަފާރީގެ ދާއިރާގައި ތަޖްރިބާކާރު ޤައުމީ ޚިދުމަތްތެރިއެއް ކަމަށެވެ. ރައީސް ވަނީ މަރުޙޫމް ޙުސައިން ޝަރީފް އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އެއް ރިސޯޓު ކަމުގައިވާ އޯޒެން ރިޒާވް ބޮލިފުށީގެ ވެރިޔާ ޙުސައިން ޝަރީފް (ބޮލިފުށި ޝަރީފް) ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ޝަރީފަކީ ކ.ބޮލިފުށި ކުއްޔަށް ނަގާފައިވާ ގޭޓްވޭ މޯލްޑިވްސް ކުންފުނީގެ މައި ހިއްސާދާރެވެ. ގޭޓްވޭ މޯލްޑިވްސް ކުންފުނި ވުޖޫދަށް އައީ 1994 ގައެވެ.
މަގުބޫލު ލިޔުންތައް ޕޯޗުގަލް މެޗުތަކުން ފެނުނީ ރޮނާލްޑޯ ވަރަށް ބޮޑަށް ބާކީކޮށްލެވިފައިވާ މަންޒަރު: ވެންގާ މިސްރުގެ ފުޓުބޯޅަ ތަރި އަހުމަދު ރިފާތް ހިތްހުއްޓިގެން މަރުވެއްޖެ! ރޮނާލްޑޯ ރިޓަޔަރ ކުރާނީ 2026 ގެ ވޯލްޑް ކަޕް ޕޯޗުގަލްއަށް ހޯދައިދިނުމަށް ފަހު! އަހަރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ