މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި މީހުންގެ ލިސްޓު ބާތިލުކޮށް، މި ސަރުކާރުން އިއުލާނު ކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
އެ ކައުންސިލުން މިއަދު ގެޒެޓު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އޭޕްރިލް 15 ގެ ނިޔަލަށް ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެ ކައުންސިލުން ކަނޑައަޅާފައިވާ ވަގުތުތަކުގައި އެ ތަނަށް ހާޒިރުވުމުން، ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެހީތެރިކަން ފޯރުކޮށްދޭން ވަގުތުތައް:
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި އެހީތެރިކަން ފޯރުކޮށްދޭން މާލެ ސިޓީ ކައުންސިލުން ނިންމީ އެ ކައުންސިލުގެ ޖަލްސާއަކުންނެވެ.
މި ސަރުކާރުން ފްލެޓު ލިސްޓު އިއުލާނު ކޮށްފައި ވަނީ މިދިޔަ ސަރުކާރުން އިއުލާނު ކުރި 4000 މީހުންގެ ފްލެޓު ލިސްޓުން 3119 މީހުން ބާކީ ކުރުމަށްފަހު އެވެ.
މިދިޔަ ސަރުކާރުން ފްލެޓު އިއުލާނުކުރި ލިސްޓުގައި ޝަރުތު ހަމަވާ ކަމަށް ކަނޑައެޅި 4,939 މީހުންގެ ތެރެއިން އިވެލުއޭޝަން ނިމުނުއިރު:
އިވެލުއޭޓު ކުރަން ކަމަށް ބުނެ ގިނަ ދުވަސްތަކެއް ހޭދަ ކުރުމަށްފަހު އިއުލާނު ކުރި ފްލެޓް ލިސްޓާ މެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެގޮތުން ފްލެޓަށް އިއުލާނު ކުރިއިރު، އާންމު ކުރި އުސޫލުގައި ނުހިމެނޭ ނުކުތާއަކަށް ބަލައިގެން ގިނަ ބަޔަކު ޑިސްކޮލިފައި ކޮށްފައިވުން ހިމެނެ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ ފްލެޓު ލިސްޓުގެ ކަންކަން ކޮށްފައި ވަނީ އެންމެ އިންސާފުވެރިކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ