ގާސިމް އެދުނީ ޖޭޕީގެ އުވާލާ އެންމެން ޕީއެންސީއަށްދާން، ޕާޓީން ދޮގުކުރޭ

ޕީއެންސީގެ ރައީސް، އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެޑްވައިޒަރު އަދި ޕީއެންސީގެ ޗެއާޕާސަން، ސީނިއާ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވީ "އެފަދަ އެއްވެސް މައުލޫމާތެއް ނެތް" ކަމަށެވެ.
ޖުމްހޫރީ ޕާޓީ އުވާލައި ޕާޓީގެ މެމްބަރުން ކޮންގްރެސް ޕާޓީ / ޕީއެންސީއަށް ދާން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ހިޔާލަކަށް ހުށަހަޅުއްވި ކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ދަނިކޮށް އެ ވާހަކަތައް ޖޭޕީން ދޮގު ކޮށްފި އެވެ.
މި ވާހަކަތަކާ ގުޅިގެން "މި" ނޫހުން ގާސިމް އިބްރާހިމަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާ ވެސް ޖަވާބެއް ނުދެއްވަ އެވެ. އެކަމަކު ކައުންސިލުގެ އެހެން މެންބަރުން "އެއީ ހައްގު ތެދު" ކަމަށް ވިދާޅުވަނިކޮށް ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވަނީ ވާހަކަފުޅު އަނބުރާލައްވާފަ އެވެ. ފެތުރިފައި އޮތް އަޑަކީ ޖޭޕީ އުވާލައި، ކޮންގްރެސް ޕާޓީ / ޕީއެންސީއާ ގުޅުމާ މެދު ކައުންސިލް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތް ބައްލަވަން ގާސިމް ހުށަހެޅުއްވި ކަމަށެވެ. އަދި ކައުންސިލުގެ ގިނަ މެމްބަރުން އެކަމާ ދެކޮޅު ހެދުމުން އެ ހުށަހެޅުމަށް ރޭގެ ބައްދަލުވުމުގައި ބަހުސެއް ނުކުރެވުނެވެ. ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު މިއަދު ވިދާޅުވީ އެފަދަ ހުށަހެޅުމެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށާއި އެއީ ބައެއް މެމްބަރުންނަށް "މާނަ ކުރެވުނު" ގޮތެއް ކަމަށެވެ. އެކަމަކު "އެއީ ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.އަލީ ސޯލިހު ވިދާޅުވީ، ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ރައްުތިތުންގެ މަޖިލީހުގެ އިންތިހހާބުގައި ޕާޓީއަކާއެކު ކުރިޔަށް ދާނީތޯ އާއި ނޫނީ ޕާޓީއަކާއެކު ކޯލިޝަނެއް ހަދައިގެން އިންތިހާބަށް ދާނީތޯ ކަމަށެވެ. އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ދެފަރާތަކުން ހުށަހަޅާގައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އެކުގައި މަސައްކަތް ކުރުމަކީ ޑިމާންޑަކާއި ނުލައި ދިން އެޗަކަށް މަސައްކަތް ކުރުވެ. ކޯލިޝަނަކާއެކު ދިއުމަކީ ޝަރުތާއެކު ދިއުމެވެ.އަލިސޯލިހު އަދި ވިދާޅުވީ ކައުންސިލުގައި ނިންމާފައި ވަނީ ކޯލިޝަނެއް ހަދައިގެން މަޖިލީހުގެ އިންތިހާބަށް ދާން ކަމަށާއި އެއީ ކޮންބަޔަކާއެކުގައިތޯ ނިންންމަނީ ކޮމެޓީއަކުން 7 ދުވަހުގެ ތެރޭގައި ކަމަށެ. އެ ކޮމެޓީ ޗެއާ ކުރައްވަނީ މެންބަރު އަލީ ހުސައިން ކަމަށެވެ. އަލީ ސޯލިހުގެ ވާހަކަ ތަފާތުވެފައިވި ނަމަވެސް ޖޭޕީ އުވާލާ ހިޔާލަކަށް ގާސިމް އެއްސެވީ ޕީއެންސީގެ ރައީސާއި ޗެއާޕާސަނާއެކު މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައި ކަމަށް ބުނެވެ އެވެ. 
މިދިއަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމަށް ލިބި ވަޑައިގަތީ 5,000 ވޯޓެވެ. އޭގެ ފަހުން ދެ ދަވަނަ ބުރުހގައި އެ ޕާޓީ ވެސް ގާސިމްވެސް ވަކި ކޮޅަކަށް ނާރަ އެވެ. ނަމަވެސް، އެކި މެންބަރުން ރައީސް މުއިއްޒުއަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ